ނޫސްވެރިންނަށް ބިރުދެއްކުމުގެ އަމަލުތައް ހުއްޓާލުމަށާއި، ނޫސްތަކުން ފެންމަތިކުރާ މައްސަލަތަކުގައި ތުހުމަތުވާ ފަރާތްތަކުގެ މައްޗަށް ތަހުގީގު ހިންގަންޖެހޭ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ވިދާޅުވެއްޖެއެވެ.
އަމްރު މިހެން ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން ފުލުހުން "އަދަދު" ނޫހުގެ އޮފީހަށް ވަދެ، އެ ތަން ބަލައި ފާސްކުރުމަށްފަހު، ނޫސްވެރިން ބޭނުންކުރާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ޑިވައިސްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ދަނޑިވަޅެއްގައެވެ. ފުލުހުން މި ފިޔަވަޅު އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ނިސްބަތްވާ ގޮތަށް "އަދަދު" ނޫހުން ދާދިފަހުން ތައްޔާރުކޮށް އާންމުކުރި ޑޮކިއުމެންޓަރީއަކާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އަމްރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތަހުގީގު ކުރަންވީ ކަމަކީ ރިޕޯޓުގައި ހާމަކޮށްފައިވާ ވާހަކަތަކަކީ ތެދުތޯ ނުވަތަ ނޫންތޯ ބެލުން ކަމަށެވެ. އަދި އެ މައްސަލަ ރައްޔިތުންނާ ހަމައަށް ގެނެސްދިން ނޫސްވެރިންގެ މައްޗަށް ތަހުގީގު ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ނޫސްވެރިންނަށް ބިރުދެއްކުން ހުއްޓާލާ، އެއަމަލު ހިންގި ކަމަށް ތުހުމަތުވާ ފަރާތުގެ މައްޗަށް ތަހުގީގު ހިންގަންޖެހޭ،" އަމްރު ވިދާޅުވެފައިވެއެވެ.
އަމްރު މިހެން ވިދާޅުވެފައިވާއިރު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ޑޮކިއުމެޓްރީގައި ވަނީ ދޮގު ވާހަކަަތަކެއް ކަމަށް ވިދާޅުވެފައެވެ.

ތަހުގީގު ކުރަންވީކަމަކީ، ރިޕޯޓުގަ ހާމަކުރީ ތެދުތޯ ނުވަތަ ނޫންތޯ!
— Amr 🎈 (@HusenAmr) April 28, 2026
ތަހުގީގު ކުރަންވީ އެކަން އެކަން ރައްޔިތުންނާ ހިސާބަށް ގެނެސްދިން ނޫސްވެރިންގެ މައްޗަކަށް ނޫން!
ނޫސްވެރިންނަށް ބިރުދެއްކުން ހުއްޓާލާ، އެއަމަލު ހިންގި ކަމަށް ތުހުމަތުވާފަރާތުގެ މައްޗަށް ތަހުގީގު ހިންގަންޖެހޭ! https://t.co/ux21mitjFp
"ނޫސްވެރިންނަށް ބިރުދެއްކުން ހުއްޓާލާ، އެއަމަލު ހިންގި ކަމަށް ތުހުމަތުވާ ފަރާތުގެ މައްޗަށް ތަހުގީގު ހިންގަންޖެހޭ،" އަމްރު ވިދާޅުވެފައިވެއެވެ.
އަމްރު މިހެން ވިދާޅުވެފައިވާއިރު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ޑޮކިއުމެޓްރީގައި ވަނީ ދޮގު ވާހަކަަތަކެއް ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު