ޤައުމީ މައްސަލަތަކަށް އޮތް ހައްލަކީ ހަމައެކަނި އައު ޤާނޫނުތަކެއް އެކުލަވައިލުން ނޫންކަމަށާއި، އިޖުތިމާއީ ހަމަޖެހުމާއި އިސްލާހަށްޓަކައި ކޮންމެ ރައްޔިތަކުވެސް ފަރުދީ ގޮތުން އުފުލަންޖެހޭ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ހުރިހާ މައްސަލަތަކުގެ ހައްލަކީ ޤާނޫނު ހެދުން ނޫން ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި މިއުޅެނީ ޤާނޫނުތައް މަދުވެގެން ނޫން ކަމަށާއި މުސްލިމުންނަށް ވީތީ، އަޚުލާގީ ގޮތުންނާއި ދީނީ ގޮތުން އުފުލަންޖެހޭ އަމިއްލަ ޒިންމާ ކުޑަނޫންކަމަށެވެ.
"ޤާނޫނެއް ނޫން ހުރިހާ އެއްޗެއްގެ ހައްލަކީ. ޤާނޫނު މަދުވެގެނެއް ނޫން މިއުޅެނީ ރާއްޖޭގައި. ސެލްފް ރެސްޕޮންސިބިލިޓީ ވަރަށް ބޮޑު އަސްލު އެގޮތުގައި. މުސްލިމަކަށްވީތީ އެ ސެލްފް ރެސްޕޮންސިބިލިޓީ ކުޑައެއް ނޫން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކުން ކުރަން ހުރި ކަންކަން ހުރި ނަމަވެސް، މުޖުތަމައުގެ ހަމަޖެހުމަށް އޮތް އެންމެ ބޮޑު ހައްލަކީ އެންމެން އެކުގައި އެމީހެއްގެ ޒިންމާ އަދާކުރުން ކަމަށެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ ސަރުކާރުން އިޢުލާން ކުރައްވާފައިވާ "ޤައުމީ އިޙްތިރާމް އަދާކުރުމުގެ ޕްރޮގްރާމް" އާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެ ޕްރޮގްރާމްގެ އިދާރީ މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރިއަށް އެބަދާ ކަމަށެވެ. އަދި މި ޕްރޮގްރާމަކީ ކާމިޔާބު އެއްޗަކަށް ހެދުމަށްޓަކައި، ސިޔާސީ ޕާޓީތަކާއި، ނޫސްވެރިންނާއި، ހުރިހާ ރައްޔިތުން އެކުގައި މަސައްކަތް ކުރުމަށް ރައީސް ގޮވާލެއްވިއެވެ.
"އަޅުގަނޑުމެން ކޮންމެ މީހަކީވެސް އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށްވެސް އިޙްތިރާމް ކޮށްފައި، ކައިރީގައި ހުރި އަޅުގަނޑުމެންގެ އަޚާވެސް އުޚުތާވެސް އިޙްތިރާމް އަދާކުރާ މީހަކަށް ހަދަން މި މުޖުތަމައު. މިއީ ވަރަށް ކުޑަ މުޖުތަމައެއް،" ރައީސް ވިދާޅުވިއެވެ.
ރާއްޖެއަކީ ކުޑަ އާބާދީއެއް އޮތް، އެއް ދީނަކަށް ނިސްބަތްވާ، އެއް ބަހަކުން ވާހަކަދައްކާ، އެއް އަސްލެއް ހިއްސާކުރާ އެއްބައިވަންތަ ބައެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިކަންކަން އިސްލާހު ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި މާތްﷲގެ އިރާދަފުޅާއެކު މި ބަދަލުތައް ގެނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު