ވޭތުވެ ދިޔަ 21 ދުވަސް ތެރޭގައި ގާތްގަނޑަކަށް 1 ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ރާއްޖޭން ދައްކާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ދައުލަތުގެ އެއްވެސް ހަރުމުދަލެއް ވިއްކާނުލައި އަދި ރަހުނު ކުރުމެއް ނެތި މި ބޮޑު ދަރަނި އަދާކުރެވިފައިވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި ކުރިން ރަހުނުކޮށްފައި ހުރި ތަންތަން ސަލާމަތް ކުރަމުން އިޤްތިސާދު ރަނގަޅު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދަރަނި ދެއްކި ގޮތުގެ ތަފްސީލު:
ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި މި ހިނގަމުންދާ އެޕްރިލް މަހުގެ 2 ވަނަ ދުވަހު ސުކޫކަށް 526 މިލިއަން ޑޮލަރު ވަނީ ދައްކާފައެވެ. އަދި އޭގެ ފަހުން އެޕްރިލް 23 ވަނަ ދުވަހު އިންޑިއާގެ ކަރަންސީ ސްވޮޕްގެ ގޮތުގައި އޮތް 400 މިލިއަން ޑޮލަރު އަނބުރާ ދައްކާފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ. މިއާއެކު އެކާވީހަކަށް ދުވަސް ތެރޭގައި ދެއްކި ދަރަނީގެ ޖުމްލަ 1 ބިލިއަން ޑޮލަރާ ގާތްކުރެއެވެ.
އެތެރޭގެ ދަރަންޏާއި ލޯކަލް ވެންޑަރުންނަށް ދިން ފައިސާ:
ބޭރުގެ ދަރަނީގެ އިތުރުން، އެތެރޭގެ ދަރަނިތައް ދެއްކުމަށްވެސް ސަރުކާރުން އިސްކަންދެމުންދާކަން ރައީސް މިއަދު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން 17 ނޮވެމްބަރު 2023 އިން ފެށިގެން 26 އެޕްރިލް 2024 އާ ހަމައަށް، އެކި މަސައްކަތްތައް ކުރި ދިވެހި ފަރާތްތަކަށާއި ލޯކަލް ވެންޑަރުންނަށް 3.3 ބިލިއަން (ތިންހާސް ތިންސަތޭކަ މިލިއަން) ރުފިޔާ ދައްކާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކާ ހަވާލާދީ ރައީސް މުޢިއްޒު ވިދާޅުވީ، ވޭތުވެދިޔަ ހަ މަސްދުވަހު ކޮންމެ ހަފްތާއަކު އެވްރެޖްކޮށް 700 އެއްހާ ވެންޑަރުންނަށް ފައިސާ ދޫކުރެވިފައިވާ ކަމަށެވެ. އަދި މި ހިނގާ މެއި މަހުގެ ބާކީ އޮތް ދުވަސްތަކުގައި އިތުރު 250 އާއި 260 މިލިއަން ރުފިޔާގެ ބިލްތަކަށް ފައިސާ ދެއްކުމަށް ތައްޔާރުވަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރައްޔިތުން "ޑެޓް ޓްރެޕް" ނުވަތަ ދަރަނީގެ މަޅިން ސަލާމަތްކޮށް، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުން ކަމަށެވެ. އަދި ރައްޔިތުންނަށް ދޭންޖެހޭ ފައިސާ ދެމުން، އިޖުތިމާޢީ ނުރައްކާތަކުން މުޖުތަމަޢު ސަލާމަތް ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު