ރާއްޖޭގައި ބުލީކުރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި "އެންޓި ބުލީ ޤާނޫނު" ގެ ނަމުގައި ޚާއްޞަ ޤާނޫނެއް ތަޢާރަފްކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
މިކަން އިޢުލާނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، އަލަށް ތަޢާރަފްކުރާ މި ޤާނޫނީ ނިޒާމުގެ ތެރެއިން ބުލީކުރުން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ކަންކަމާއި، އެފަދަ ކަންކަން ކުރިއަށް ނުދާނެހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް (ޕްރިވެންޓިވް މެޝާސް) އެޅުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ބުލީކުރުމުގެ ޢަމަލުތައް ހިންގާ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން ފިޔަވަޅު އަޅައި، މި ނިޒާމު އިތުރަށް ހަރުދަނާ ކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޤާނޫނު ފަރުމާކުރުމުގެ މަސައްކަތް މިހާރު ބަންޑާރަ ނައިބުގެ އޮފީހުން ކުރިއަށް ގެންދާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، މި މަސައްކަތް ކުރިއަށްދަނީ ކަމާގުޅޭ ފަންނީ ބޭފުޅުންގެ ލަފަޔާ އިރުޝާދާ އެކުގައި ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި ބިލު ވަރަށް އަވަހަށް ފަރުމާކޮށް، މަސައްކަތުގެ ހުރިހާ މަރުހަލާއެއް ނިންމުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވާނަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މި ޤާނޫނުގެ ސަބަބުން ބުލީކުރުމުގެ މައްސަލައަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަން ފާހަގަކުރައްވަމުން ރައީސް އިތުރަށް ވިދާޅުވީ، "އެންޓި ބުލީ ޤާނޫނު" ގައި ބުލީކުރުމުގެ އަމަލުތަކަކީ ކޮބައިކަމާއި، އެއީ ކޮން ގޮތަކަށް ހިނގާ ކަންތައްތަކެއްކަން ވަރަށް ސާފުކޮށް ބަޔާންކުރެވޭނެ ކަމަށެވެ. އަދި އެފަދަ ކަންކަން ކުށަކަށް ވާނެ ގޮތްތަކާއި، މި ޤާނޫނު ހިނގާނެ ދާއިރާތައްވެސް ވަރަށް ސާފުކޮށް ކަނޑައެޅިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު