ޖަޕާނުގެ އުތުރުގައި އޮންނަ ހޮކައިޑޯ ސަރަހައްދަށް މިއަދު ފަތިހު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީއާ ހަވާލާދީ "ދަ ޖަޕާން ޓައިމްސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 6.2 ގެ ބާރުމިނުގައި އައި މި ބިންހެލުން ރެކޯޑް ކުރެވިފައިވަނީ މިއަދު ހެނދުނު 5:30 ހާއިރުއެވެ.
މި ބިންހެލުން އައިސްފައިވަނީ ބިމުގެ 83 ކިލޯމީޓަރު އަޑިން، ހޮކައިޑޯގެ ދެކުނު ސަރަހައްދަށެވެ. ޖަޕާނުގެ ބިންހެލުންތަކުގެ ބާރުމިން މިންކުރާ މިންގަނޑުން ބަލާއިރު، ހޮކައިޑޯގެ އުރަހޯރޯ އަދި ނީކައްޕޫ ފަދަ ރަށްތަކަށް މި ބިންހެލުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން މައުލޫމާތުދެއެވެ.
ޖަޕާނަކީ އާންމުކޮށް ބިންހެލުންތައް އަންނަ ގައުމަކަށް ވާއިރު، މި ފަހަކަށް އައިސް އެ ގައުމަށް ދަނީ ބާރުގަދަ ބިންހެލުންތަކެއް އަންނަމުންނެވެ.
ނަމަވެސް، މިއަދު އައި މި ބިންހެލުމާ ގުޅިގެން ސުނާމީގެ ނުރައްކަލެއް އޮތް ކަމަކަށް މިހާތަނަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު