މާލޭގެ ގެއެއްގެ ލިފްޓެއްގައި ބަޔަކު ތާށިވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން ޙަރަކާތްތެރިވާން ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިޙާދިސާ ހިނގާފައިވަނީ މިރޭ މާވެޔޮ މަގު ފަތަޙަ ސުންބުލި ގޯޅި ތެރޭގައެވެ.
އެ ސަރަޙައްދުގައި ހުރި "ރަސް އޮންލައިން"ގެ މުރާސިލް ބުނީ، އެގެއިން ކަރަންޓު ދިއުމާ ގުޅިގެން ލިފްޓްގައި ބަޔަކު ތާށިވެގެން ރެސްކިއު ޓީމުން ޙަރަކާތްތެރި ވަމުންދާ ކަމަށެވެ.
މިޙާދިސާ އާ ގުޅިގެން ކަމާބެހޭ އިދާރާތަކުން މިހާތަނަށް ރަސްމީކޮށް އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން ގެއެއްގެ ލިފްޓުގައި ބަޔަކު ތާށިވެފައިވާއިރު، ސްޓެލްކޯއިން ބުނެފައިވަނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އަދި ކަރަންޓު ކެނޑިފައިވަނީ އެއް ޓްރާންސްފޯމަރުން ކަރަންޓު ދޭ ސަރަހައްދަކަށް ކަމަށާއި، މައްސަލަ ދެނެގަނެވި، ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު