"އޮޕަރޭޝަން އަލިމަގު" ގެ ތެރެއިން މަސްތުވާތަކެތި ޓްރެފިކް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުން ދޫކޮށްލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އަންގައިފިއެވެ. ހެކި ނެތުމުގެ ސަބަބުން ދައުވާ ނުކުރެވޭ ކަމަށް ކަނޑައަޅައި ޕީޖީ އޮފީހުން މި ނިންމުން ނިންމީ ދައުވާ ކުރުމަށް ގާނޫނުގައި ކަނޑައެޅިފައިވާ 90 ދުވަހުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.
ހައްޔަރުކުރި ހަތަރު މީހުންނަކީ ވެސް ގއ. ވިލިނގިލީ ރަށްވެހިންނެވެ. އެ ހަތަރު މީހުންނަކީ 30 އަހަރުގެ އަހްމަދު އަނާމް އިބްރާހިމް، 28 އަހަރުގެ ޝައްފާހް ލަތީފް، 33 އަހަރުގެ އަހްމަދު މާދީހް، އަދި 35 އަހަރުގެ ނޫރުންނިޒާމްއެވެ. މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހު، މާލެ އާއި ގއ. އަތޮޅުން ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ޕަބްލިކް ޕްރޮސިކިއުޓަރ އަދި ތަރުޖަމާނު އަހްމަދު ޝަފީއު ވިދާޅުވީ، ތަހުގީގުގައި ފުލުހުން ހުށަހެޅި ހެކިތައް ދިރާސާ ކުރި ނަތީޖާ ދައްކަނީ ބޮޑު ޖިނާއީ ކުށެއްގެ ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ނެތް ކަމަށެވެ.
"ފުލުހުން ހުށަހެޅި ލިޔެކިޔުންތައް ދިރާސާ ކުރި ނަތީޖާ ދައްކަނީ، ބޮޑު ޖިނާއީ ކުށެއްގެ ދައުވާ ކުރެވޭ ވަރަށް ހެއްކާއި ޤަރީނާ ނެތް ކަން،" ޝަފީއު ވިދާޅުވިއެވެ.
ޕީޖީ އޮފީހުން ބުނީ، ހަތަރު މީހުންގެ ތެރެއިން އަނާމް، ޝައްފާހް، އަދި މާދީހްގެ މައްޗަށް ކެނަބިސް ބޭނުންކުރި ކަމުގެ ދައުވާ ވަކިން ހުށަހަޅާފައިވާ ކަމަށެވެ. އަދި ނޫރުންނިޒާމްގެ މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތުމުން، އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް ރައްދުކޮށްފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ހާމަކޮށްފައިވެއެވެ.
ހަމަ އެއާ އެކު، ތަހުގީގު ކުރިއަށް ގެންދިއުމަށްވެސް ފުލުހުންނަށް ވަނީ އިރުޝާދު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު