އުމުރުން 11 އަހަރުގެ ދޮންދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ބަންދުން ދޫކޮށްލަން ދަށު ކޯޓުން ކުރި އަމުރު، ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލުކޮށްފިއެވެ.
މި މައްސަލައަކީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، 2025 ވަނަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، އޭނާގެ 11 އަހަރުގެ ދޮންދަރިފުޅަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ 2025 މެއި 12 ގައެވެ.
އޭނާ ހައްޔަރުކުރުމަށްފަހު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު އަމަލުކުރާ ހާއްސަ ގާނޫނުގެ ދަށުން، ހއ. މެޖިސްޓްރޭޓް ކޯޓުން ފުރަތަމަ އަމުރުކުރީ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށެވެ. އޭގެ ފަހުން ބަންދުގެ މުއްދަތު އެކި ފަހަރުމަތިން އިތުރުކުރުމަށްފަހު، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުއްޖާއާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އުފުލައި، 17 ޖޫން 2025 ގައި ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރިއެވެ.
ނަމަވެސް، އޭނާއަކީ ނަފްސާނީ ބަލިމަޑުކަމެއް ތަހައްމަލު ކުރަމުންދާ މީހެއް ކަމަށް ބުނެ، ދައުވާ އާއި ހުކުމް ބަލައިގަތުމަށް ނުކުޅެދިގެންވާ ފަރާތެއްތޯ ދެނެގަތުމަށް މެޑިކަލް އެގްޒެމިނޭޝަނެއް ހަދަން ދަށު ކޯޓުން 22 ސެޕްޓެމްބަރު 2025 ގައި އަމުރުކުރިއެވެ. މި ޓެސްޓްތަކުގެ ނަތީޖާއަށް ރިއާޔަތްކޮށް، ނަފްސާނީ ފަރުވާ ހޯދުމަށްޓަކައި ބަންދުގެ ހާލަތު ބަދަލުވެފައިވާ ކަމަށް ބަލައި، ހެތްކަށް ނުފޫޒު ނުފޯރުވުމަށް ޝަރުތުކޮށް މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ދަށު ކޯޓުން އޭނާ ބަންދުން ދޫކޮށްލިއެވެ.
މި ނިންމުން ގާނޫނާ ހިލާފު ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުން މައްސަލަ ބެލުމަށްފަހު ނިންމީ، އޭނާ ދޫކޮށްލަން ދަށު ކޯޓުން ކުރި އަމުރު ބާތިލު ކަމަށެވެ.
ހައިކޯޓުގެ ހުކުމުގައިވަނީ، މި މައްސަލައިގައި އޭނާ އަލުން ބަންދުކުރުމަށް އެދި ޕީޖީ އޮފީހުން ދެ ދުވަހުގެ ތެރޭގައި ދަށު ކޯޓަށް ހުށަހަޅައިފި ނަމަ، ފަސް ދުވަހުގެ ތެރޭގައި އޭނާ ބަންދުކުރުމާ މެދު ގޮތެއް ކަނޑައަޅަން ޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު