ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޓީޓީއަށް ޑޮލަރު ދޫކުރާ ނިސްބަތާއި އަދަދު މަދުކޮށްފައިވާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް އެ ބޭންކުން މިއަދު ދޮގުކޮށްފިއެވެ. ބޭންކުން ބުނީ ޓީޓީ ދޫކުރާ މިންވަރު މަދުނުކުރާ ކަމަށާއި، ނަމަވެސް އެ މަސައްކަތް ކުރިއަށްގެންދާ އުސޫލުތައް މިހާރު ހަރުދަނާކޮށްފައިވާ ކަމަށެވެ.
ވިޔަފާރިތަކަށް ބޭނުންވާ މިންވަރަށް ބޭންކުން ޓީޓީ ދޫނުކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައާއި ބައެއް މީޑިއާތަކުގައި ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި، ބީއެމްއެލް އިން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ބައެއް ވިޔަފާރިތަކުން އެ ވިޔަފާރިއެއްގެ އާމްދަނީއާއި ވިޔަފާރީގެ ކުޑަބޮޑުމިނަށް ބަލާއިރު ނުބައްދަލު ބޮޑެތި އަދަދުތަކުން ޓީޓީ ހެދުމަށް އެދި ހުށަހަޅަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ބޭންކުގެ މައިގަނޑު މަގްސަދަކީ ވިޔަފާރިއެއްގެ ނިސްބަތުން އެތަނަކަށް ބޭނުންވާ ޑޮލަރު ހަމަހަމަކަމާއެކު ފޯރުކޮށްދިނުމެވެ. ނަމަވެސް ބައެއް ފަރާތްތަކުން ކަނޑައެޅިފައިވާ ލިމިޓަށްވުރެ އިތުރަށް ޑޮލަރު ހޯދުމަށްޓަކައި މަކަރުވެރި އުސޫލުތައް ބޭނުންކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.
"މިސާލަކަށް 100،000 ޑޮލަރު ފޮނުވަން މިއަދު އަތުވެއްޖެއްޔާ ބޭންކަށް ދެވޭނީ އޮންނަ އުސޫލުގެ ތެރެއިން 10،000 ޑޮލަރު ނޫންތޯ؟ 50 އިންސައްތަ އެއީ 50،000 ޑޮލަރު ނަމަވެސް ކެޕެއް (ލިމިޓެއް) އެބަ އިނދޭ. 10،000 ޑޮލަރު ވީމާ އޭތި ގިނައިން ހޯދަން މި ހަދާ ގޮތަކީ އޭތި 10 ބަޔަށް ބަހާލަނީ. ބަހާފައި 10 ޓްރާންސެކްޝަން ހަދަނީ، 10 ޓީޓީއަށް އައީމާ، ކޮންމެ ޓީޓީއަކަށް ވެސް 50 އިންސައްތަ ދޭން ޖެހޭ ކަހަލަ ގޮތަކަށް." ސީއީއޯ ޝަރީފް ތަފްސީލު ކޮށްދެއްވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ޓީޓީ ދޫކުރާ މިންވަރު މަދުކޮށްފައި ނުވާނެ ކަމަށާއި، އަދި އެކަމާ ގުޅޭ އުސޫލަށް ވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. ބޭންކުން މިހާރު ކުރަމުންދާ މަސައްކަތަކީ މިފަދަ ކަންކަން ރަނގަޅަށް މޮނިޓަރކޮށް، އުސޫލުތައް ހަރުދަނާކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
ބީއެމްއެލް އިން މިހެން ބުނެފައި މިވަނީ، ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ބުނެ ވިޔަފާރިވެރިންގެ ޝަކުވާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ބޭންކުން ތަކުރާރުކޮށް ބުނަމުންދަނީ ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމުގައި ބޭންކުން ހަމަހަމަ އުސޫލެއް ގެންގުޅޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު