ރާއްޖޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުން ރެގިއުލޭޓް ކުރުމާ ބެހޭ ޚާއްޞަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ތައްޔާރުވަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އޭއައި ބޭނުންކުރުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މިއީ "މޯލްޑިވްސް 2.0" ގެ ދަށުން ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ މުހިންމު ބައެއް ކަމަށެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، ޑިޖިޓަލް ދާއިރާއިން ތިން ބިލެއް މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި ހުށަހަޅުއްވާނެ ކަމަށް ރައީސް ވަނީ ކުރިން ވިދާޅުވެފައެވެ. އެއީ ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ބެހޭ ބިލަކާއި، ޑިޖިޓަލް އައިޑެންޓިޓީއާ ބެހޭ ބިލެއްގެ އިތުރުން ސައިބަރ ސެކިއުރިޓީއާ ބެހޭ ބިލެކެވެ. ރައީސް މުޢިއްޒު މިއަދު ވިދާޅުވީ، މި ތިން ބިލާއެކު އާޓިފިޝަލް އިންޓެލިޖެންސާ ގުޅޭ ބިލުވެސް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
"ކޮންމެ ގޮތެއްވިޔަސް ޑިޖިޓަލައިޒޭޝަނަށް ދާއިރު އަޅުގަނޑުމެން ސަފުގައި ކުރީގައި ތިބޭ ކަމަށްވަންޏާ އެމްބްރޭސް ކުރަން ޖެހޭ ކަމެއް އޭއައި އަކީ. އޭއައި އެމްބްރޭސް ކުރާއިރު އޭއައި އަކީ ޤާނޫނީ ނިޒާމުގެ ތެރެއިން ރެގިއުލޭޓް ކުރާ ނޫނީ އެއާއި ގުޅޭ ކަންކަން ކުރެވިފައި އޮންނަ ކަމަކަށް ވާންޖެހޭ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް މުޅި ދައުލަތް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ނިންމާލުމެވެ. މީގެ އިތުރުން، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ސިވިލް ރަޖިސްޓްރޭޝަންގެ ޚިދުމަތްތައް އެއް ވިއުގައަކުން ދެވޭނެ އިންތިޒާމު ހަމަޖައްސައި، ސަރަޙައްދީ ފެންވަރުގައި މި ޚިދުމަތް އެންމެ ފުރިހަމައަށް ދޭ ޤައުމަށް ރާއްޖެ ހެދުމަށްވެސް ވަނީ ރޭވިފައެވެ.
ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގުޑް ގަވަރނަންސް ނުވަތަ ހެޔޮ ވެރިކަމެއްގެ އުސޫލުން ސަރުކާރުގެ އެފިޝެންސީ މަތިކުރުމަށްޓަކައި، ޒަމާނީ ޑިޖިޓަލައިޒޭޝަންގެ ނިޒާމެއް ޤާއިމުކުރުމަކީ މި އަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަންތައް ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު