ޤާނޫނުއަސާސީއަށް އިތުރު ބަދަލުތަކެއް ގެނައުމަށް ސަރުކާރުން މިހާރު ގަސްދުނުކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި މަހުގެ 4 ވަނަ ދުވަހު ބޭއްވުނު ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން ރައްޔިތުން ވަރަށް ސާފު މެސެޖެއް ދީފައިވާ ކަމަށެވެ. އެގޮތުން، ޤާނޫނުއަސާސީގެ އަސާސްތަކަށް ބަދަލުތަކެއް ގެނައުމަކީ ރައްޔިތުން އެދޭ ކަމެއް ނޫންކަން މި ނަތީޖާއިން ހާމަވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވުނު އާންމު ވޯޓަކީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި ވޯޓެކެވެ. މި ވޯޓުގައި ބައިވެރިވި މީހުންގެ 70 އިންސައްތަ މީހުން ވަނީ އެ އިޞްލާޙާ ދެކޮޅަށް ވޯޓު ދީފައެވެ. އެކަމަށް އިޝާރަތް ކުރައްވައި ރައީސް މުޙައްމަދު މުޢިއްޒު ވިދާޅުވީ ، ރައްޔިތުންގެ މި ނިންމުމަށް އިޙްތިރާމްކޮށް، ކުރިއަށް އޮތް ތަނުގައި ޤާނޫނުއަސާސީ ބަދަލުކޮށްގެން ގެންނަންޖެހޭ ފަދަ އެއްވެސް އިޞްލާޙެއް ހުށަހެޅުމުގެ ވިސްނުމެއް ސަރުކާރުން ދެން ނުގެންގުޅުއްވާނެ ކަމަށެވެ.ޤާނޫނުއަސާސީއަށް ބަދަލު ނުގެނައި ނަމަވެސް، ދައުލަތް ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ މުހިންމު އިޞްލާޙުތައް އެކި ޤާނޫނުތަކުގެ ތެރެއިން ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކަނޑައެޅުމުގެ އުސޫލުތަކަށް ބަދަލު ގެނައުމާއި، މަޖިލީހުގެ ވަކި އިންސައްތައެއް އަންހެނުންނާއި ޒުވާނުންނަށް ޚާއްޞަކުރުން ފަދަ ކަންކަން ހިމެނެއެވެ.
ސަރުކާރުގެ އިޞްލާޙީ އެޖެންޑާގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ދާއިރާއަކީ ޢަދުލު އިންސާފުގެ ދާއިރާކަން ރައީސް ވިދާޅުވިއެވެ. އެގޮތުން، 2011 ވަނަ އަހަރު އުވާލާފައިވާ "ޖުޑީޝަލް ކައުންސިލް" އަލުން އިޢާދަކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި ބަދަލަކީ ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ގެންނަ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސް މުޢިއްޒު ސިފަކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ އަޑުއަހައިގެން ކަމަށެވެ. ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން ރައްޔިތުންގެ ވިސްނުން ހުރި ގޮތް ސާފުވެފައިވާތީ، އެ ނަތީޖާއަށް ބިނާކޮށް ސަރުކާރުގެ އިޞްލާޙީ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. ރައްޔިތުންގެ ނިންމުމަކީ ޤާނޫނުއަސާސީއަށް ބަދަލު ނުގެނައުން ކަމަށްވާނަމަ، އެ ނިންމުމަށް ތަބާވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
"ޖުމުލަގޮތެއްގައި ރައްޔިތުންގެ ވިސްނުމަކު ނެތް ގާނޫނު އަސާސީ އިސްލާހުކުރުމަކީ ތާއިދުކުރާކަމެއް ކަމަކަށެއް، އޯވަރޯލް ކޮށް ގާނޫނު އަސާސީ އިސްލާހުކޮށްގެން ބައިވަރު ބަދަލުތަށް ގެނައުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން،އެހެންވީމަ، ގާނޫނުއަސާސީ ބަދަލުކޮށްގެން ގެންނަން ޖެހޭ ކަހަލަ އިސްލާހެއް ކުރިއަށް އޮތް ތަނުގައި ގެންނާކަށް އަޅުގަނޑުމެން ގަސްދެއް ނުކުރަން ދެނެއް." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު