ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހި ޤައުމަށް ޚިދުމަތް ކުރުމުގައި ސާބިތުކަމާއެކު ދެމިހުންނަވާނެ ކަމުގެ ޔަޤީންކަން، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ މަޤާމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފް އުމަރު ދެއްވައިފިއެވެ.
މީސްމީޑިއާގައި އާދަމް ޝަރީފް މިރޭ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، މަޤާމުން އިސްތިއުފާ ދެއްވި ނަމަވެސް، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު ދަމަހައްޓައި، ޤައުމަށް ޚިދުމަތް ކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ. އަދި ވެރިކަން ކުރާ ޕީއެންސީގެ ސިޔާސީ ޙަރަކާތްތަކުގައި ވެސް ފުރިހަމައަށް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޤާމުން ވަކިވެވަޑައިގަތުމާ ގުޅިގެން ސިޓީތަކުގެ މޭޔަރުންނާއި، ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުންގެ އިތުރުން، ކައުންސިލް އިދާރާތަކާއި ޢާންމު ފަރުދުން ފާޅުކުރައްވަމުންދާ އޯގާތެރި ޝުޢޫރުތަކަށް އާދަމް ޝަރީފް ވަނީ ޚާއްޞަ ޝުކުރެއް އަދާކުރަށްވާފައެވެ. ވަކިން ޚާއްޞަކޮށް، މިނިސްޓްރީގެ މުވައްޒަފުންނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މުވައްޒަފުން ދެއްވި އެއްބާރުލުމަށް އޭނާ އިޚުލާޞްތެރިކަމާއެކު ޝުކުރު ދެންނެވިއެވެ.
ރާއްޖޭގެ ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، މި ނިޒާމު ހަރުދަނާ ކުރެވޭނީ ޙަޤީޤީ މާނައިގައި ކައުންސިލްތައް ބާރުވެރި ކުރުވައިގެން ކަމަށެވެ. "ކައުންސިލްތަކަށް ހިންދެމިލެވޭނެ، އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ މާލީ ފުދުންތެރިކަން ލިބިގެން ނޫނީ މި ނިޒާމު ފުރިހަމައެއް ނުވާނެ." އޭނާ ވިދާޅުވިއެވެ.
އޭގެއިތުރަށް އާދަމް ޝަރީފް ވިދާޅުވީ، ރައްޔިތުންނާ ގުޅޭ ކަންކަމުގައި ދައުލަތުގެ މުއައްސަސާތަކުން އެންމެ ފުރަތަމަ ޓަކިޖަހާ ދޮރަކީ ކައުންސިލްތަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ސަރުކާރުގެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ކައުންސިލްތަކަކީ މުހިންމު މެދުވެރިއަކަށް ވާންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ހަމައެއާއެކު އާދަމް ޝަރީފް ވިދާޅުވީ، އުންމީދަކީ ރައީސް މުޢިއްޒުގެ ޒަޢާމަތުގައި އަލަށް ހުވާކުރާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެން، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ އައު ބާބެއް ފެށިގެންދިއުން ކަމަށެވެ. އަދި ކުރިމަގުގައި ވެސް ދިވެހި ޤައުމަށް އިޚުލާޞްތެރިކަމާއެކު ޚިދުމަތް ކުރުމުގައި ދެމިހުންނަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޭނާ ވަނީ އަރުވާފައެވެ
އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު އޭނާ އަކީ މިސަރުކާރުގެ ކެބިނެޓްގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. ރައީސް މުޢިއްޒުގެ ކެބިނެޓަށް ގެންނެވި ކުއްލި ބަދަލުގައި އޭނާގެ މަޤާމް ގެއްލުނީ 14 އޭޕްރީލް 2026 ގައެވެ.

ކިޔުންތެރިންގެ ހިޔާލު