ލޯކަލް ކައުންސިލްތަކުގެ ޖުމުލަ ވޯޓުން މޮޅުވި ކަމަށް ބުނެ ސަރުކާރު ހިންގާ ޕީއެންސީން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ގިނަ ސުވާލުތަކެއް ކުރިމަތިކުރައްވައިފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވީ އިންތިޚާބުގެ ޖުމުލަ ވޯޓުން މޮޅުވެގެން ސަރުކާރު ހިންގާ ޕީއެންސީން އުފާފާޅުކުރަމުންދާ ކަމަށެވެ.
"ލޯކަލް އިންތިޚާބާއި ވޯޓުގެ ނިސްބަތުން މޮޅުވެގެން އެކަމާ ހާދަ ވަރެއް އެބަވެޔޭ" މޫސަ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސަގެ ޕޯސްޓުގައި ވަނީ، އިންތިޚާބުތައް އެއްކޮށްލުމާ މެދު ރައްޔިތުންގެ މެދުގައި ނެގުނު ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަށް ވެސް އަލިއަޅުވާލައްވާފައެވެ. އެމްޑީޕީން އެކަމާ ދެކޮޅަށް ވަކާލާތު ކުރުމުން ރައްޔިތުން އެކަމާ ދެކޮޅަށް ވޯޓު ދިނުމަކީ ޕީއެންސީއަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ގުނަނީތޯ އޭނާ ސުވާލު ކުރެއްވިއެވެ.
މީގެ އިތުރުން، އިންތިޚާބަކާ ނުލާ އެކި ނުފޫޒުތަކުން ޕީއެންސީން ހޯދި ގޮނޑިތަކަކީ އެ ޕާޓީއަށް ލިބުނު ވޯޓު ކަމަށް ބަލަނީ ކޮން އުސޫލަކުންތޯ މޫސަ ސުވާލު ކުރެއްވިއެވެ.
"އިންތިޚާބާ ނުލާ ލިބުނު ގޮނޑި އެއީ ވޯޓު ކަމަށް ބަލަނީ ދާއިރާގެ ވޯޓު ހައްގުވާ އެންމެން ޕީއެންސީއަށް ވޯޓުލީ ކަމަށް ބަލައިގެން ބާވައެވެ؟" މޫސަ އެއްސެވިއެވެ.
މީގެ އިތުރުން ޕީއެންސީއަށް ބޮޑު ކާމިޔާބީއެއް ލިބުނު ކަމަށް ބުނާ ބުނުމަށް ރައްދު ދެއްވަމުން މޫސަ ވިދާޅުވީ، އެވަރުގެ ކާމިޔާބީއެއް ލިބުނު ނަމަ ފަޓާސްބަރިއެއް ގޮވުމުން ކަރުދާސްތައް ބުރައިގެންދާ ފަދައިން، ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ބުރައިގެން ދިޔައީ ކީއްވެގެންތޯ މޫސަ ސުވާލު އުފެއްދެވިއެވެ.
"ދިދަ ޖެހި ކާރުގައި ކޯޓު ފަޓުލޫނުގައި ރައީސް އޮފީހަށް އައިސް ވަތް ވަޒީރުން، ބައެއް ގަޑިއިރު ތެރޭ މުންޑާއި ގަންޖުފަރާހުގައި ނުކުމެގެން ފައިމަގުގައި ދުވެފައި އެ ދިޔައީ ވޯޓުން މޮޅުވި ވަރުން އުފަލުން ބާވައެވެ؟" މޫސަގެ ޕޯސްޓުގައި ސުވާލު ކުރައްވާފައިވެއެވެ.
މޫސަ ވަނީ "ބަލިވީމާ ބަލި ގަބޫލުކުރެއްވުމަށް" ޕީއެންސީއަށް ގޮވާލައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި އިންތިޚާބުގައި ހުރިހާ ސިޓީތަކެއްގެ މޭޔަރު ކަމާއި ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ ނެގީ އިދިކޮޅު އެމްޑީޕީންނެވެ. އަދި ދެ އިންތިޚާބު އެއްކޮށްލުމާ މެދު ނެގުނު ރިފަރެންޑަމް ވޯޓުގެ ނަތީޖާ ވެސް އައީ ސަރުކާރުން ބޭނުންވި ގޮތާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު