ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާގެ ދެމަފިރިއެއްގެ ބަންދަށް ކޯޓުން 30 ދުވަސް ޖަހައިފިއެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ އިމްރާން ޕާޝާއާއި އޭނާގެ އަންހެނުން، އުމުރުން 27 އަހަރުގެ ކްރިސް އެމްބްރޯސިއާއެވެ. މި ދެމަފިރިންގެ މައްޗަށް ފުލުހުން ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި ސްމަގްލްކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މި ދެމަފިރިން ހައްޔަރުކޮށް، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ދެ މީހުންވެސް 30 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ. ކޯޓުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މީހުން ރާއްޖެ އައިއިރު ގެނައި ލަގެޖުން 2.4 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.
މީގެ ދުވަސްކޮޅެއް ކުރިންވެސް އިންޑިއާގެ އަންހެނަކާއި ފިރިހެނަކު ވަނީ ގާތްގަނޑަކަށް ހަ ކިލޯގެ މަސްތުވާތަކެއްޗާއެކު ރާއްޖެއިން ހައްޔަރުކޮށްފައެވެ.
ދިވެހިރާއްޖޭގެ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު ބުނާގޮތުން، މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމާއި، ބޭރުކުރުމާއި، އެކަމަށް މަސައްކަތް ކުރުމަކީ ނުހަނު ބޮޑު ކުށެކެވެ. މިފަދަ ކުށެއް ސާބިތުވެއްޖެނަމަ ލިބޭ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު، 100،000 ރުފިޔާއާއި 10،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
މީގެ އިތުރުން، ޤާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑަށްވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކޮށްފިނަމަ، އެއީ ވިޔަފާރިކުރުމުގެ ނިޔަތުގައި ކުރި ކަމެއް ކަމަށް ބެލެވެއެވެ. އެގޮތުން ޖަދުވަލު އެކެއްގައި ހިމެނޭ ހެރޮއިން ނުވަތަ ޑައިމޯފިން ފަދަ ތަކެތީގެ ހަތަރު ގުރާމަށްވުރެ ގިނައިން އެތެރެކޮށްފިނަމަ، އެއީ ޓްރެފިކް ކުރުން ނުވަތަ ވިޔަފާރިކުރުމުގެ ކުށް ކަމުގައި ބެލެވި، އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މަސްތުވާތަކެތި އެތެރެކުރުމަށް ރޭވުމާއި، އެކަމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީވެސް އަސްލު ކުށްކުރި މީހާގެ އަދަބު ލިބޭނެ ކަމެއް ކަމަށް ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު