ޒެއިން ޔާމީން
ޒެއިން ޔާމީން
ސޯސަން މަގާއި މަޖީދީ މަގު ގުޅޭ ކަންމައްޗަކީ ދުނިޔޭގެ ޓްރެފިކްގެ 90 އިންސައްތަ 'ހެޑް-އޮން' ކޮށް މުޑިއަރާ ތަނެއްގެ ގޮތުގައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދަރިކަލުން ޒޭން ޔާމީން ސިފަކުރައްވައިފިއެވެ.

ޒޭން މިފަދައިން ވިދާޅުވީ، ރާއްޖޭގެ މަގުތަކުގެ ކަންމަތީތަކުގައި ފުލުހުން ތިބެގެން ސްޓިކާ ޖަހަމުންދާ ދިއުމަށް ފާޑުވިދާޅުވެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.



މާލޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް ސަރަހައްދު ކަމަށްވާ ސޯސަން މަގާއި މަޖީދީ މަގު ގުޅޭ ކަންމަތީގެ ނުރައްކާތެރިކަން ހާމަކޮށްދެއްވުމަށް ޒޭން ވަނީ އެ ސަރަހައްދަކީ 'ސްޓްރެއިޓް އޮފް ތަރުމޯޒް' ނުވަތަ 'ތަރުމޯޒް ކަނޑުއޮޅި' އާ އެއްފަދަ ތަނެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މިއީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހުރަސްކުރާ، ޖިއޯޕޮލިޓިކަލް ގޮތުން ނުރައްކާތެރި "ސްޓްރެއިޓް އޮފް ހޯރްމޫޒް" އަށް އިޝާރާތްކުރައްވައި ޒޭން ބޭނުންކުރެއްވި މަޖާޒީ ނަމެކެވެ.

މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމުގެ ބަދަލުގައި، ފުލުހުން ބޮޑަށް އިސްކަންދެނީ ޖޫރިމަނާ ކުރުމަށް ކަމަށް ދޭހަވާ މޭރުމަކުން އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

މި ޕޯސްޓާއެކު ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ވަނީ ހުއްޓިފައެވެ.



ކިޔުންތެރިންގެ ހިޔާލު