ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޒު ހުސްނުއް ސުއޫދު
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޒު ހުސްނުއް ސުއޫދު
ލޯކަލް ގަވަމެންޓް މިނިސްޓްރީ އުވާލުމާ ގުޅިގެން، ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގައި ގާނޫނީ ހުސްކަމެއް ކުރިމަތިވެދާނެ ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޒު ހުސްނުއް ސުއޫދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ، ރާއްޖޭގެ އަތޮޅުތައް ހިންގުން ހުސްކަމަކަށް އައުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު، އަތޮޅުތައް ހިންގުމަށް ސަރުކާރުން އުފެއްދެވި މިނިސްޓްރީ އުވާލުމުން، އަތޮޅުތައް އިދާރީ ދާއިރާއެއްގެ ގޮތުގައި ހިންގުމަށް ގާނޫނީ ހުސްކަމެއް އަންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ސުޢޫދު ވަނީ ވިދާޅުވެފައެވެ.

ސުއޫދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރު އުފެދިފައިވާ މި ގާނޫނީ ހުސްކަން އަވަސް ފުރުސަތެއްގެ ތެރޭގައި ހަމަޖައްސަން ޖެހެއެވެ.

އޭނާ މިފަދައިން ކަންބޮޑުވުން ފާޅުކުރައްވާފައި މިވަނީ، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު ސިޓީތަކާ ބެހޭ ވުޒާރާ އުވާލައި، އެ ވުޒާރާގެ މަސްއޫލިއްޔަތުތައް އެހެން އިދާރާތަކަށް ބަހާލާފައިވާ ދަނޑިވަޅެއްގައެވެ.

ސަރުކާރުން ނިންމާފައިވަނީ ލޯކަލް ގަވަމެންޓް މިނިސްޓްރީން ކުރަމުން އައި ޕަބްލިކް ވޯކްސް ނުވަތަ އާންމު މަސައް

ކަތްތަކާ ގުޅޭ އެންމެހާ ކަންކަން، އަލަށް އެކުލަވާލި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓްގެ ދަށަށް ބަދަލުކުރުމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ސިޓީތަކާއި ކައުންސިލްތަކާ ގުޅޭ ކަންކަން ވިލަރެސްކުރުމުގެ މުހިންމު މަސްއޫލިއްޔަތު، ކުރިއެކޭވެސް އެއްފަދައިން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ މެންޑޭޓުގެ ތެރެއަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު