ރައީސް ޑރ.މުޙައްމަދު މުޢިއްޒު މަގާމުން އިސްތިއުފާ ދެއްވައި އަވަސް އިންތިޚާބަކަށް ދިޔުމަށް އެމްޑީޕީގެ ޗެއާޕާސަން އަބުދުލްޣަފޫރު މޫސާ މިރޭ ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ 10 ވަޒީރަކު މިއަދު ކުއްލި ގޮތަކަށް މަޤާމުން ވަކިވެވަޑައިގެންފައެވެ. މީގެ ތެރެއިން ބައެއް ވަޒީރުން މަޤާމުން އިސްތިއުފާ ދެއްވާފައިވާއިރު، އަނެއްބައި ބޭފުޅުންނަކީ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރެއްވި ބޭފުޅުންނެވެ. މި ބަދަލުތަކާއެކު ބައެއް ވުޒާރާތައް އެއްކޮށްލައްވައި، ކެބިނެޓް މެންބަރުންގެ ޢަދަދު 15 އަށް މަދުކުރެއްވުމަށްފަހު، އައު ކެބިނެޓްގެ ވަޒީރުން މިރޭ ވަނީ މަޤާމުގެ ހުވާކުރައްވާފައެވެ.
މިކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުުލްޣަފޫރު މޫސާ ވިދާޅުވީ، މިހާލަތުގައި މަޤާމުން އިސްތިއުފާ ދެއްވަންޖެހިވަޑައިގަންނަވާނީ ވަޒީރުން ނޫން ކަމަށާއި، އިސްތިއުފާ ދެއްވަންޖެހޭނީ ސީދާ ރައީސް މުޢިއްޒު ކަމަށެވެ.
"އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުންން އަޅުގަނޑު މި ގޮވާލަނީ ރައީސް މުޢިއްޒު މަޤާމުން އިސްތިއުފާ ދެއްވައި، މި ޤައުމުގައި އަވަސް އިންތިޚާބެއް ބޭއްވުމަށް،" ޣަފޫރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު