ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓުން މިއަދު 10 ވަޒީރަކު ވަކިކުރައްވައި، ކެބިނެޓް އަލުން އެކުލަވާލެއްވިއިރު، މިނިސްޓްރީ އޮފް ޑިފެންސް އަށް ބޭފުޅަކު އައްޔަނެއް ނުކުރެއްވިއެވެ.

ކެބިނެޓަށް ގެންނެވި މި ބަދަލާއެކު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވަނީ 20 އިން 15 އަށް މަދުކުރައްވާފައެވެ. މިއަދު ބޭއްވުނު ރަސްމިއްޔާތުގައި މަޤާމުގެ ހުވާ ކުރެއްވީ 12 ވަޒީރުންނެވެ.

ރައީސް އޮފީހުން ބުނީ މިއަދު ހުވާކުރެއްވި ބޭފުޅުންގެ އިތުރުން، ބަންޑާރަނައިބު އަޙްމަދު އުޝާމާއި އިތުރު ދެ ވުޒާރާއެއްގެ ވަޒީރުން ކެބިނެޓުގައި ހިމެނިވަޑައިގަންނަވާނެ ކަމަށެވެ.

މިއަދު މަޤާމުން ވަކިކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރިން ޑިފެންސް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޣައްސާން މައުމޫން ހިމެނިވަޑައިގަނަވައެވެ.



ކިޔުންތެރިންގެ ހިޔާލު