ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އާ ވަޒީރުންގެ މަޖިލިސް އެކުލަވައިލެއްވިއިރު، ބައެއް ވުޒާރާތައް އެއްކޮށްލައްވައި، ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ އަދަދު 15 އަށް މަދުކުރައްވައިފިއެވެ.
މި ބަދަލުތަކަކީ މިހާރު ތިއްބެވި ވަޒީރުންގެ ތެރެއިން 10 ބޭފުޅަކު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ގެންނެވި ބަދަލުތަކެކެވެ.
އައު ވަޒީރުން މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންނަށް ހުވާލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދުއެވެ. މަޤާމަށް އައްޔަނުކުރެއްވި 12 ވަޒީރުންނަށް މަޤާމުގެ ފަތްކޮޅު އަރުވައި، ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި އިޞްލާޙީ ބަދަލުތަކާއެކު، ރައީސް މުޢިއްޒުގެ އައު ކެބިނެޓްގައި މިހާރު ހިމެނިވަޑައިގަންނަވަނީ ޖުމްލަ 15 ވަޒީރުންނެވެ. މި ބަދަލުގެ ދަށުން ބައެއް ވުޒާރާތައް ވަނީ އެއްކޮށްލައްވާފައެވެ. އެގޮތުން:
މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އެއްކޮށްލައްވައި، އެ ވުޒާރާގެ ވަޒީރުކަމަށް އިސްމާޢީލް ޝަފީޢު ވަނީ އައްޔަނުކުރައްވާފައެވެ.
ޔޫތު މިނިސްޓްރީއާއި ސްޕޯޓްސް މިނިސްޓްރީ އެއްކޮށްލައްވައި، ވަޒީރުކަމަށް ޢަބްދުﷲ ރާފިޢު ވަނީ އައްޔަނުކުރައްވާފައެވެ.
ފިޝަރީޒް މިނިސްޓްރީއާއި އެގްރިކަލްޗަރ މިނިސްޓްރީ އެއްކޮށްލައްވައި، އެ ވުޒާރާގެ ވަޒީރުކަމަށް އަޙްމަދު ޝިޔާމް ވަނީ އައްޔަނުކުރައްވާފައެވެ.
މިއީ ސަރުކާރުގެ ހިންގުން ހަރުދަނާކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގެންނެވި މުހިންމު ބަދަލުތަކެއްކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު