އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފިރާޤް، ޖެޓެކްސް ޖެޓް ޓާމިނަލާއި ސީއައިޕީ ލައުންޖްގެ މުޢާމަލާތާ ގުޅޭގޮތުން ހިތްހަމަޖެހުން ފާޅުކުރައްވައި، އެ މުޢާމަލާތް ހުއްޓުވުމަށް ކުރެއްވި މަސައްކަތުގެ ތަފްސީލު ހާމަކުރައްވައިފިއެވެ.
ފޭސްބުކް ޕޯސްޓެއްގައި ފިރާޤް ވިދާޅުވީ، އެދުވަހު އެކަމާ ދެކޮޅަށް އަޑުނުއުފުލިނަމަ މިއަދު ފެންނަ ނަތީޖާ މާ ބޮޑަށްވެސް ތަފާތުވީސް ކަމަށެވެ.
ފިރާޤް ފާހަގަކުރެއްވި ގޮތުގައި، އެ ޑީލް ކުރިއަށް ދިޔަނަމަ ރާއްޖެއަށް ލިބޭ ޖެޓް މޫވްމަންޓްތަކުގެ އާމްދަނީއާއި، ތެޔޮ ވިއްކައިގެން ލިބޭ ބޮޑު ފައިދާގެ އިތުރުން ސީއައިޕީ ލައުންޖުން ލިބޭ އާމްދަނީވެސް ދައުލަތަށް ގެއްލިގެން ދިޔައީހެވެ.
މިކަން ހުއްޓުވުމަށްޓަކައި އެވަގުތު އޮތް ކޮންމެ ގުޅުމެއްގެ ބޭނުންކޮށްގެން މަސައްކަތް ކުރެއްވި ކަމަށާއި، އެކަމުގެ ސަބަބުން މިއަދު ޤައުމަށް ބޮޑު ފައިދާއެއް ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ފިރާޤް ހާމަކުރެއްވި ގޮތުގައި، އެ މުޢާމަލާތާ ގުޅޭގޮތުން ހިމޭނުން ހުރުމަށް އެތައް ހުށަހެޅުންތަކެއް އޭނާއަށް ލިބުނެވެ. "އަޅުގަނޑު ބޭނުންވިނަމަ ހިމޭނުން ހުރެ އެތައް ފައިސާއެއް އަޅުގަނޑަށް ލިބުނީސް،" ކަމަށް ވިދާޅުވެ، އަމިއްލަ މާލީ ފައިދާއަށްވުރެ ޤައުމީ މަސްލަޙަތު އިސްކުރެއްވިކަން އޭނާ ހާމަކުރެއްވިއެވެ.
އެދުވަހު ޑީލާ ދެކޮޅަށް ވާހަކަދެއްކުމަށް އިޚްތިޔާރުކުރީ އޭގެ ސަބަބުން ލިބިދާނެ ގެއްލުންތައް ބޮޑުކަމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފިރާޤް އިތުރަށް ވިދާޅުވީ، މިއަދު ކަމާބެހޭ ފަރާތްތަކުން ޖެޓުތަކުން ލިބޭ ފައިދާގެ ވާހަކަ މީޑިއާގައި ދައްކަވާތީ އެކަމާ ނުހަނު އުފާކުރައްވާ ކަމަށެވެ.
އެއާޕޯޓުގެ މުހިންމު ޚިދުމަތްތަކެއް ބޭރުގެ ކުންފުންޏަކަށް ދިނުމަށް ރޭވުނު ރޭވުން ރަނގަޅު ވަގުތުގައި ހުއްޓުވުމުގެ ސަބަބުން، މިއަދު އޭގެ ފުރިހަމަ މަންފާ ދިވެހި ދައުލަތަށް ކުރަމުންދާކަން އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު