ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް، ފަލަސްތީނުގެ ގާޒާގެ ކުޑަކުއްޖަކު ކުރަހާފައިވާ ކުރެހުމެއް އެމަނިކުފާނުގެ އޮފީހުގައި ބަހައްޓަވައިފިއެވެ.
މިކަން ހާމަކުރައްވަމުން ސަންޗޭޒް ވިދާޅުވީ، އެ ކުރެހުން އޮފީހުގައި ބެހެއްޓެވުމުގެ އެންމެ ބޮޑު މަގްސަދަކީ ގާޒާގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ހިތާމަތަކާއި ވޭނާއި ކެކުޅުންތައް ދުވަހަކުވެސް ހަނދާން ނައްތާނުލުން ކަމަށެވެ.
މީގެ އިތުރުން، ގާޒާގެ ރެފިއުޖީ ކުއްޖަކު ހަދިޔާކުރި މެސެޖެއް އޮތް ފުޅިއެއްވެސް އެމަނިކުފާނުގެ މޭޒުމަތީގައި ހުރިކަން ދާދިފަހުން ވަނީ ފާހަގަކުރައްވާފައެވެ.
މި ނިންމުމަކީ ފަލަސްތީނުގެ ހައްގުގައި ސްޕެއިންއިން ގެންގުޅޭ ހަރުދަނާ ސިޔާސަތު ރަމްޒުކޮށްދޭ ކަމެކެވެ. އިޒްރޭލުން ގާޒާގައި ހިންގަމުންދާ އަމަލުތަކަކީ "ނަސްލު ނައްތާލުން" ކަމަށް ސިފަކުރައްވައި، ސަންޗޭޒް ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ދަރަޖަ ދިނުމަށް ވަކާލާތު ކުރައްވާފައެވެ.
ގާޒާގެ އިންސާނީ ކާރިސާއާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ސަންޗޭޒް ވިދާޅުވީ، އެ ކުރެހުމާއި ހަދިޔާތަކަކީ އެތައް ހާސް ކުޑަކުދިންނެއްގެ ހަޅޭކާއި ވޭނުގެ ހަނދާން އާކޮށްދޭ "ނިޝާންތަކެއް" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު