އިދިކޮޅު އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) އާއި އެ ޕާޓީގެ ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފްގެ މަގާމު އަލުން އިއާދަކުރަން ނިއްމައި އެޕާޓީގެ ވަގުތީ ޗެއާޕާސަން އަބުދުލްޣަފޫރު މޫސާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންގޮސްފިއެވެ.

އެގޮތަށް ނިއްމީ މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމަށްފަހުގައެވެ. މި ބައްދަލުވުމަށްފަހު ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ، އިބްރޭ އާއި މައުރޫފް މަގާމުން ވަކިކުރުމަށް ފޮނުއްވި ސިޓީ މިހާރު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

އޭގެ ފަހުންއެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ޣަފޫރާ ދެކޮޅަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް އަނބުރާ ގެންގޮސްފައިވާކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭގެ ބައްދަލުވުމުގައި ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުޙައްމަދު ސާލިހު އެޑްވައިޒަރު ކަމަށް ހަމަޖައްސައި އެދެބޭފުޅުން ހިމެނިވަޑައިގަންނަވާ ގޮތަށް ޕާޓީ ހިންގަން ވަގުތީ ކޮމެޓީއެއް ވަނީ އުފައްދާފައެވެ.



ކިޔުންތެރިންގެ ހިޔާލު