އިންޑިއާގެ މަހާރާޝްތުރާ
އިންޑިއާގެ މަހާރާޝްތުރާ
އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓްގެ ހިންގޯލީ ޑިސްޓްރިކްޓަށް މިއަދު ހެނދުނު ރިކްޓަރ މިންގަނޑުން 4.7 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުމުގެ ލޮޅުންތައް ކައިރީގައިވާ ނާންދޭދު އަދި ޕަރްބަނީ ސަރަހައްދުތަކަށް ވެސް ވަރަށް ބޮޑަށް އިހުސާސް ކުރެވިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯ ސީސްމޮލޮޖީން ހާމަކުރި ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ މިއަދު ހެނދުނު ރާއްޖެ ގަޑިން ގާތްގަނޑަކަށް 8:15 ހާއިރުއެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދި، ގިނަ ބަޔަކު ވަނީ ރައްކާތެރިކަން ހޯދުމަށް ގޭގެއިން ބޭރަށް ނުކުމެފައެވެ.

ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، މި ބިންހެލުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ނުވަތަ އިމާރާތަކަށް ބޮޑު ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ނަމަވެސް، ބައެއް އަވަށްތަކުގެ ބައެއް ގޭގޭގެ ފާރުތަކުގައި ރެނދުލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، ކަމާބެހޭ ޓީމުތަކުން ދަނީ އެ ސަރަހައްދުތަކުގެ ހާލަތު އިތުރަށް ބަލަމުންނެވެ. ކަމާބެހޭ ފަރާތްތަކުން ވަނީ ރައްޔިތުން ހަމަޖެހިގެން ތިބުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު