އަލްއަޤްޞާ
އަލްއަޤްޞާ
މިީގެ 40 ދުވަސް ކުރިން އިސްރާއީލުން އަލްއަޤްޞާ މިސްކިތް ބަންދުކުރުމަށްފަހު، އަލުން އެ މިސްކިތް ހުޅުވާލި ތާރީޚީ ވަގުތުކޮޅުގައި އެންމެ ފުރަތަމަ މިސްކިތުގެ ތެރެއަށް ވަދެފައިވަނީ ބުޅަލެއްކަން ފާހަގަކުރެވިއްޖެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ފަލަސްޠީީނުގެ މުސްލިމުންނަށް މިސްކިތަށް ވަނުން މަނާކޮށްފައި އޮތުމަށްފަހު، މިސްކިތުގެ ދޮރުތައް ހުޅުވާލި ވަގުތު މި މަންޒަރު ފެނުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ މިކަމަށް ހުއްޓިފައެވެ.





އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ހުޅުވުމާއެކު، އެތައް ހާސް ބަޔަކު މިސްކިތަށް ވަނުމަށް ކެތްމަދުވެފައި ތިއްބާ، ހުރިހާ އެންމެންގެ ކުރިން މިސްކިތުގެ ގޭޓުން އެތެރެއަށް ދުވެފައި ވަދެގެންދިޔަ މި ބުޅަލުގެ ވީޑިއޯތަކާއި ފޮޓޯތައް މިހާރު ދަނީ ސޯޝަލް މީޑިއާގައި ވަރަށް ބާރަށް ފެތުރެމުންނެވެ. ގިނަ ބަޔަކު ސިފަކުރާ ގޮތުގައި މިއީ މިސްކިތުގެ މިނިވަންކަމާއި ރޫޙާނީ ހަމަޖެހުން ދައްކުވައިދޭ ވަރަށް އަސަރުގަދަ މަންޒަރެކެވެ.

މިސްކިތް ބަންދުކޮށްފައި އޮތް 40 ދުވަހުގެ މުއްދަތަކީ ފަލަސްޠީީނުގެ ރައްޔިތުންނަށް ނުހަނު ދަތި އަދި ހިތްދަތި ދުވަސްތަކެކެވެ.

އެހެންނަމަވެސް، ފަތިސް ނަމާދުގެ ބަންގީގެ އަޑާއެކު މިސްކިތުގެ ދޮރުތައް ހުޅުވިގެންދިޔަ ހިނދު، އިންސާނުންނަށްވުރެ ކުރިން ޖަނަވާރެއް މިސްކިތަށް ވަދެގެންދިޔަ ދިއުމަކީ އެތައް ބަޔަކު ބަލައިގަތީ އުފާވެރި ފާލެއްގެ ގޮތުގައެވެ. މިއާއެކު މިސްކިތުގެ ގޯތިތެރެ އަނެއްކާވެސް ވަނީ މުސްލިމުންގެ ތަހުލީލާއި ތަކްބީރުގެ އަޑުން ގުގުމާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު