ފުލުހެއް މާލޭގެ މަގެއްގެ ޓްރެފިކް ބަލަހައްޓަނީ
ފުލުހެއް މާލޭގެ މަގެއްގެ ޓްރެފިކް ބަލަހައްޓަނީ
މާލޭގެ މާފަންނު ސަބުދެލިމަގުގައި ހުންނަ އިމާރާތެއްގެ މަތިން މީހަކު ވެއްޓި، ސީރިއަސް އަނިޔާތަކެއް ވެގެން ފަރުވާދޭން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ، މާފަންނު ސަބުދެލިމަގުގައި ހުރި ގެއެއްގެ މަތިން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު އިރުއޮއްވި 18:20 އެހައިކަންހާއިރު ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

މި ހާދިސާގައި އަނިޔާވި މީހާ ވަނީ ވަގުތުން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ. ނަމަވެސް، އެ މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ހޮސްޕިޓަލުންނާއި ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި، މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު