ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދިޔަ "އުދަރެސް" ބޯޓުން ގެއްލުނު މީހާ، ސަލާމަތުން އޮއްވައި ފެނިއްޖެއެެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މުދާ އުފުލާ މި ބޯޓު ފަރަށް އެރިކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ ދަންވަރު 01:25 ހާއިރުއެވެ. ހާދިސާ ހިނގި ވަގުތު ބޯޓުގައި ތިބި 13 މީހުންގެ ތެރެއިން އެކަކު ގެއްލިފައިވާ ކަމަށް ކުރިން ފުލުހުން ބުންޏެވެ. ގެއްލިގެން ހޯދަމުންދިޔައީ އުމުރުން ދުވަސްވީ ދިވެހި ފިރިހެނެކެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، އެ މީހާ ފެނިފައިވަނީ ފިލާގަނޑެއްގެ އެހީގައި ކަނޑުމަތީގައި އޮއްވައެވެ. އޭނާ ފެނުނުއިރު ހާލު ރަނގަޅު ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ބޯޓު ފަރަށް އަރައި އަޑިއަށް ދާން ފެށުމުން، އޭގައި ހުރި ބިދޭސީއަކު ވަނީ ފަތާފައި ގޮސް ލ. އޮޅުވެއްޔަށް އަރާފައެވެ. ބޯޓުގައި ތިބި އިތުރު 11 މީހުން (ދެ ދިވެހިންނާއި ނުވަ ބިދޭސީން) ސަލާމަތްކޮށްފައިވަނީ އެ ސަރަހައްދުގައި އޮތް ރިސޯޓެއްގެ ދޯންޏަކުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު އަޑިއަށް ދިއުމުގެ ސަބަބުން، އޭގައި ހުރި ގިނަ އަދަދެއްގެ މުދާ ލ. އޮޅުވެލީގެ ހުޅަނގު ފަރާތަށް އޮޔާދާކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު