13 މީހުންނާއެކު މާލެއިން ފުރައިގެން ދަތުރުކުރި ބޯޓެއް ލ. މާމެންދޫ ކައިރިއަށް ބަންޑުން ޖަހައިލައިފިއެވެ.
ފުލުހުންގެ އިދާރާ އިން މިރޭ ބުނީ މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދާ ކަމުގެ މައުލޫމާތު، މިރޭ ދަންވަރު 01:25 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި ޖުމުލަ 13 މީހުންގެ ތެރެއިން އެކަކު (ބިދޭސީ އެއް) ފަތާފައި ލ. އޮޅުވެއްޔަށް އަރާފައިވާ ކަމަށް ފުލުހުން ބުނެއެވެެ. އަދި ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ނަގާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީންނެވެ. ސަލާމަތްކުރެވުނު ޖުމުލަ 12 މީހުންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު