މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކޮށް އަދި ބޭނުންކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ މީހަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ / ވެށި، ޙުސައިން ސަމާޙު (33އ) އާއި ޏ. ފުވައްމުލައް / ހޯދަޑު.ވައިގަދަގެ، ޙަސަން ޖައިލަމް (34އ) ކަމަށެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ 2026 އޭޕްރީލް 7 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 އިންނެވެ. އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 36 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން، މި މައްސަލައާ ގުޅިގެން އެ މީހުން ދުއްވި ކާރުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މިހާރު ވަނީ ޓޯ ކޮށްފައެވެ.
ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ސަރުކާރާއި ސަލާމަތީ ބާރުތަކުން ކުރަމުންދާ މަސައްކަތްތައް ވަނީ ވަރުގަދަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު