ސްރީލަންކާގެ ކޮލަމްބޯ ބަނދަރުގައި ތާށިވެފައި ހުރި ރާއްޖޭގެ މުދާ ހިމެނޭ ކޮންޓެއިނަރުތަކުގެ ތެރެއިން، ޒަރޫރީ ބާވަތްތައް ހިމެނޭ 80 ކޮންޓެއިނަރެއް އަވަސްކޮށްދިނުމަށް ލަންކާ ސަރުކާރުގައި އެދިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ކޮލަމްބޯ ބަނދަރުގައި މިވަގުތު ރާއްޖެއަށް ގެންނަންޖެހޭ 4،200 އަށްވުރެ ގިނަ ކޮންޓެއިނަރު ތާށިވެފައިވާ ކަމަށެވެ.
މީގެ ތެރެއިން ބާޒާރަށް ދަތިވެދާނެ ކަމަށް ބެލެވޭ ސަންފްލާވާ ތެލާއި ކިރު ފަދަ 164 އަސާސީ ބާވަތެއްގެ ތެރޭގައި ހިމެނޭ މުދާ ގެނައުމަށް ސަރުކާރުން މިހާރު ޚާއްޞަ އިސްކަމެއް ދީފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"މާކެޓުގައި ތަކެތި ހުހެއް ނުވޭ. އެހެންނަމަވެސް ހުސްވިޔަ ނުދީ އެކަން ކުރުމަށްޓަކައި މުދާ ލިބޭނެ ގޮތް ހެދުމަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ،" ވަޒީރު ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ މަސްރަޙުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެން، ރާއްޖޭގެ ބާޒާރަށް މުދާ ލިބުމުގައި ދަތިތަކެއް ފޯރުނަ ނުދިނުމަށްޓަކައި އިޤްތިޞާދީ ވުޒާރާއާއި ކަމާގުޅުންހުރި އިދާރާތައް ގުޅިގެން މެދުކެނޑުމެއް ނެތި ދަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު