ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޑިސިޕްލިނަރީ ކޮމިޓީން މައްސަލަ ބަލައި މާފަނު މެދު ދާއިރާގެ މަޖިލިސް މެންބަރު އަސްމާ ރަޝީދު އެ ޕާޓީން ވަކިކުރުމަށް ރައީސް މުއިއްޒު އަންގައިފި ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
"ރަސް" އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަސްމާ ވަކި ކުރުމުގެ މަސައްކަތް ޕީއެންސީން ފަށާފައިވާއިރު، ގާނޫނަށް ގެނެސްފައިވާ ބަދަލުތަކާއެކު، ޕާޓީން ވަކިކުރުމުން އަސްމާގެ މަޖިލިސް ގޮނޑި ގެއްލޭނެއެވެ.
އިތުބާރު ހުރި މަސަދަރަކުން މަޢުލޫމާތު ލިބިފައިވަނީ، އަސްމާ ޕާޓީން ވަކި ކުރަން އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހަށް ރައީސް މުއިއްޒު މިހާރު އަންގާފައިވާ ކަމަށެވެ.
އަސްމާ ވަކިކުރުމުގެ އަޑުތައް ފެތުރެމުން ދާއިރު، އޭނާގެ ފޯނު ކޯލެއް ކަމަށް ބެލެވޭ އޯޑިއޯ އެއް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އޭގެ އިތުރުން އޭނާގެ ޢާއިލީ ބޭފުޅުންވެސް ވަނީ މި ސަރުކާރުން ވަކިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު