މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ ފޯރިގަދަ ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ނިންމާލައިފިއެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ހަވީރު ވަނީ ކެމްޕޭން ނިންމުމުގެ ގޮތުން ޚާއްޞަ ހިނގާލުންތަކެއް ބާއްވާފައެވެ. އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދާ އެއްގޮތަށް، ކެމްޕޭން ކުރުމުގެ ހުރިހާ ހަރަކާތްތަކެއް މިއަދު އިރުއޮއްސި 6:00 އަށް ވަނީ ނިންމާލާފައެވެ.
މާލޭގައި ބޭއްވި ކޮންގްރެސް ޕާޓީގެ ކެމްޕޭން ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ އިތުރުން، އެ ޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ހަމައެއާއެކު، އިދިކޮޅު އެމްޑީޕީން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި އެ ޕާޓީގެ އިސްލީޑަރުންނާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފައިވެއެވެ.
މި އިންތިޚާބުގެ ކެމްޕޭން މުޅި ރާއްޖޭގައިވެސް ވަރަށް ފޯރިއާއެކު ކުރިއަށް ގޮސްފައިވާއިރު، ކައުންސިލް އިންތިޚާބުގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓުގެ ކެމްޕޭން ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މާދަމާ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ވޯޓުލުން ކުރިއަށްދާނެއެވެ. ކެމްޕޭން ކުރުމުގެ ވަގުތު ހަމަވެފައިވާތީ، މިއަދު އިރުއޮއްސި 6:00 އިން ފެށިގެން އެއްވެސް ބާވަތެއްގެ ކެމްޕޭން ހަރަކާތެއް ހިންގުމަކީ ގާނޫނީގޮތުން މަނާކަމެކެވެ.
މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބުކުރާނެއެވެ. މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ވެސް ހަމަ އެ އަދަދަށް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު