ނައުޝާދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި ދެ މީހުން-
ނައުޝާދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި ދެ މީހުން-
މާލޭގެ މުރަނގަ މަގުގައި ހުންނަ 'ކްރާސާ' ފިހާރަ ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި ހާދިސާއަކީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ 9:28 އެހާކަންހާއިރު، މާފަންނު މުރަނގަ މަގުގައި ހުންނަ 'ކްރާސާ' ފިހާރަ ތެރެއަށް ބަޔަކު ވަދެ، އެ ފިހާރައިގެ ތެރޭގައި ހުރި މުހައްމަދު އަހްމަދު

ދީދީ (ނައުޝާދް، 30 އަހަރު) އަށް ތޫނު ހަތިޔާރަކުން ހަމަލާދިނުމުން ހިނގި ހާދިސާއެކެވެ. މި ހަމަލާގައި ލިބުނު ޒަޚަމްތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް، ނައުޝާދް ނިޔާވީ ހަމަލާދިންތާ ތިން ދުވަސް ފަހުން، ފެބްރުއަރީ 27 ގައެވެ.

މި ގަތުލުގެ މައްސަލާގައި ދައުލަތުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމާއި، ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުހާން އަލީގެ މައްޗަށެވެ.

ނަމަވެސް،ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ މި ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.

މި މައްސަލަ ނިންމި ގޮތުގެ ތަފްސީލީ ރިޕޯޓް ކްރިމިނަލް ކޯޓުން އަދި އާންމުކޮށްފައި ނުވާތީ، ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅި ސީދާ ސަބަބުތަކެއް އަދި ސާފެއް ނުވެއެވެ. އެހެންނަމަވެސް، މައްސަލައިގެ ޝަރީއަތް ފެށުނީއްސުރެ ދައުވާލިބޭ ދެ މީހުންވެސް ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ.

މި މައްސަލާގައި ހިމެނޭ ފައިހް ނިޒާމް ހައްޔަރުކުރެވުނީ އޭނާ ހޯދުމަށް ފުލުހުން އިއުލާނުކޮށް، އޭނާ ފޮރުވައިގެން އުޅުނު ކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކުރި ފަހުން، އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވުމުންނެވެ.

ކްރާސާ ފިހާރަތެރޭގައި ހިންގި މާރާމާރީގައި ލިބުނު ޒަޚަމްތަކުގެ ސަބަބުން ނައުޝާދު ނިޔާވެފައިވާއިރު މި ހަމަލާއަކީ މާލޭގެ ގޭންގުތަކުގެ މެދުގައި ހިނގި ހަމަނުޖެހުންތަކެއްގެ ތެރެއިން ދިން ހަމަލާއެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މާރާމާރީގެ މަންޒަރު ދުށް ބައެއް މީހުން ބުނީ އެ ފިހާރަ ތެރެއަށް މުޙައްމަދު އަޙްމަދުދީދީ ވަނީ ބަޔަކު މީހުން އޭނާ ހޯދަން އަންނާތީ ފިލަންވެގެން ކަމަށެވެ. ނަމަވެސް އެ ފިހާރައަށް ވަނުމުން ސައިކަލެއްގައި އައި ދެ މީހަކު ވަދެ ވަޅިން ހަމަލާ ދިނީ ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.

ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އެމައްސަލާގައި ވިދާޅުވީ، އެ މާރާމާރީ އަކީ މާލޭގެ ދެ ގޭންގަކަށް ނިސްބަތްވާ ދެ މީހެއްގެ ދެމެދުގައި 2023 ވަނަ އަހަރުގެ ކުރީކޮޅު ޖެހުނު މައްސަލައަކާ ގުޅިގެން ހިންގި މާރާމާރީއެއް ކަމަށެވެ. އެގޮތުން އެއީ 'ކުޑަހެންވޭރު' ކިޔައިގެން އުޅޭ ބަޔަކާއި 'އެންސީ' ކިޔައިގެން އުޅޭ ބައެއް ހިންގި މާރާމާރީއެއް ކަމަަށް ހަމީދު ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު