އޯޓިޒަމް ހުންނަ ކުދިންނަކީވެސް މުޖުތަމައުގެ އެހެން ފަރުދުންނެކޭ އެއްފަދައިން ހަމަހަމަ ފުރުޞަތުތަކެއް ލިބެންޖެހޭ ބައެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ދުނިޔޭގައި ފާހަގަކުރަމުންދާ އޯޓިޒަމަށް ހޭލުންތެރިކުރުމުގެ ދުވަހުގެ މުނާސަބަތުގައި، ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ދެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ކޮންމެ އިން
ސާނަކީވެސް އެމީހަކަށް ބޭނުންވާ އަޅާލުމާއި، އިހުތިރާމާއި، އުނގެނުމާއި ކުރިއެރުމުގެ ހަމަހަމަ ފުރުސަތުތައް ލިބެންޖެހޭނެ މީހެއްކަމަށެވެ. އަދި މުޖުތަމައުގެ ހުރިހާ ދާއިރާއެއްގައި ފުރިހަމައަށް ބައިވެރިވުމުގެ ފުރުޞަތު އެފަރާތްތަކަށް ފަހިކޮށްދިނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، އެންމެން ބައިވެރިކުރުމުގެ ސަގާފަތެއް ގާއިމުކުރުމަށްޓަކައި ގޭތެރެއާއި، ސްކޫލްތަކާއި، މަސައްކަތުގެ މާހައުލުގެ އިތުރުން އާންމު ތަންތަނަކީވެސް އެފަދަ ކުދިންނަށް ފަހި ތަންތަނަށް ހަދަންޖެހޭކަމަށް ވިދާޅުވިއެވެ. މިފަދަ ސަގާފަތެއް އުފެދިގެންދަނީ މުޖުތަމައުގެ ހޭލުންތެރި
ކަމާއި، އޯގާތެރިކަމުގެ އިތުރުން އެންމެން ގުޅިގެން ކުރާ މާނަހުރި މަސައްކަތްތަކުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚާއްޞަގޮތެއްގައި، އޯޓިޒަމް ހުންނަ ކުދިންނަށް އެންމެ ތުއްތު އިރުން ފެށިގެން ދޭންޖެހޭ ފަރުވާ ނުވަތަ 'އާލީ އިންޓަވެންޝަން' ހަރުދަނާ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމަށް ރައީސް ބާރުއެޅުއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެފަރާތްތަކުގެ ހުނަރުތައް ތަރައްޤީކޮށް، އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ހަމައެކަނި އެ ފަރުދުންނަށް ލިބޭ ކުރިއެރުމެއް ނޫނެވެ. އެއީ މުޅި ގައުމުގެ އިޖުތިމާއީ އޮނިގަނޑު ވަރުގަދަވެގެންދާނެ ކަމެކެވެ.
ސަރުކާރުން މިހާރުވެސް ސްކޫލްތަކުގެ 'އިންކްލޫސިވް އެޑިއުކޭޝަން' ނުވަތަ ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދޭ އޮނިގަނޑު ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ރައީސް ހާމަކުރެއްވިއެވެ. މީގެ އިތުރުން، މަސައްކަތްތެރިކަމުގެ ތަމްރީނުތައް ފުޅާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާކަމަށާއި، އޯޓިޒަމް ހުންނަ ފަރާތްތަކަށް ކުރިމަތިވާ އެކި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު