ރާއްޖެއާއި ދުރަށް ބިންހެލުމެއް އައުން
ރާއްޖެއާއި ދުރަށް ބިންހެލުމެއް އައުން
މިއަދު ފަތިހު އިންޑޮނޭޝިއާގެ ނޮދަން މޮލުކާ ސީ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ދިވެހިރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ހާމަކޮށްފިއެވެ.

ރިކްޓަރ މިންގަނޑުން 7.4 ގެ ބާރުމިނުގައި އައި މި ބިންހެލުން ރެކޯޑް ކުރެވިފައިވަނީ ރާއްޖެ ގަޑިން މިއަދު ފަތިހު 03:48 ގައެވެ.

މެޓް އޮފީހުން ނެރުނު މައުލޫމާތުގައިވާ ގޮތުން، މި ބިންހެލުން އައި ސަރަހައްދަކީ ދިވެހިރާއްޖޭގެ ވެރިރަށް މާލެއާ ގާތްގަނޑަކަށް 5،865 ކިލޯމީޓަރު ދުރުގައި އޮތް ސަރަހައްދެކެވެ. ބިންހެލުމުގެ ބާރުމިނާއި ރާއްޖެއާ ހުރި ދުރުމިނަށް ބަލާއިރު، މި ހާދިސާގެ ސަބަބުން ރާއްޖެއަށް ސުނާމީގެ ނުރައްކަލެއް ނެތް ކަމުގެ ޔަގީންކަން އެ އިދާރާއިން ވަނީ ދީފައެވެ.

އިންޑޮނޭޝިއާ ސަރަހައްދަށް އައި މި ބާރުގަދަ ބިންހެލުމާ ގުޅިގެން، ކަމާބެހޭ ފަރާތްތަކުން ދަނީ ހާލަތު މޮނިޓަރ ކުރަމުންނެވެ. ނަމަވެސް، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ރާއްޖެއަށް މީގެ އެއްވެސް އަސަރެއް ފޯރާނެ ކަމަށް ނުބެލެވޭތީ، އާންމުން މިކަމާ ކަންބޮޑުނުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު