ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް ވާހަކަދައްކާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ.
ޕީއެންސީންގެ ފަރާތުން ރޭ ބޭއްވި ކެމްޕެއިން އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ މިނިވަން އަދި އިންސާފުވެރި (ފްރީ އެންޑް ފެއަރ) އިންތިޚާބެއް ކަށަވަރުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ވަކި ޕާޓީއެއްގެ ވެރިކަމެއް އޮވެގެން، އެ ޕާޓީގެ ކެންޑިޑޭޓުންގެ ގޮތުގައި މަޖިލިސް އިންތިޚާބަށް ނުކުތުމުން، މިނިވަން އިންސާފުވެރި އިންތިޚާބަކަށް އޮންނަ ފުރުސަތު ގެއްލިގެންދެއެވެ. ސަރުކާރުގެ ބާރު އޮވެގެން ކެންޑިޑޭޓުން ނެރުމުން، އެއީ ހަމަހަމަ ފުރުސަތެއް ނޫން ކަމަށާއި، މިއީ ހަމައެކަނި ސިޔާސީ ވާހަކައެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ފްރީ އެންޑް ފެއަރ އިލެކްޝަނަކީ ޑިމޮކްރަސީގައި ވަރަށް މުހިއްމު އަސާސެއް. އެއްފަރާތުގައި ސަރުކާރުގެ ކެންޑިޑޭޓުން ތިބެފައި، އަނެއް ފަރާތުގައި ނޫން ބަޔަކު ތިބުމުން އެ އޮންނަ ހަމަހަމަކަން އެދިޔައީ ނޫންތޯ؟" ރައީސް ސުވާލު އުފެއްދެވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ހަގީގީ ބާރު މަޖިލީހަށް ހޯދައިދިނުން ކަމަށެވެ. އެއް ދުވަހެއްގެ އެއް ގަޑިއެއްގައި ދެ އިންތިޚާބު ބޭއްވުމުން، ރައީސަކަށް ހޮވެނީ ކާކުކަން ނޭނގޭ ހާލަތުގައި، އެއްވެސް މެންބަރަކަށް "ތިމަންނައަކީ ސަރުކާރު ކެންޑިޑޭޓެކޭ" ބުނުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މަޖިލީހަށް އަންނާނީ އެކި ޕާޓީތައް ހިމެނޭ، ހަމަހަމަ ގޮތަކަށް ބެހިފައިވާ "މިކްސް" ކޮމްޕޮޒިޝަނެއް ކަމަށާއި، އެއީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮތް އެންމެ ރަނގަޅު މަގު ކަމަށް ރައީސް ވިދާޅުވިއެވެ.
މިހާރު އޮންނަ ގޮތަށް ވަކި ޕާޓީއަކަށް "ސުޕަ މެޖޯރިޓީ" ލިބުމުން، ޚާއްޞަކޮށް ޤައުމީ ވިސްނުމެއް ނެތް ބަޔަކަށް އެ ބާރު ލިބިއްޖެނަމަ ސަރުކާރު ޖަވާބުދާރީ ނުކުރާނެ ކަމަށް ރައީސް ތުހުމަތު ކުރެއްވިއެވެ.
"ސުޕަ މެޖޯރިޓީގެ މި ނިޒާމު ނެތިކޮށްލެވޭނީ އިންތިޚާބުތައް އެއްކޮށް ބާއްވައިގެން. މިއީ ސާފުކޮށް ފެންނަން އޮތް ކަމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ކަންކުރި ގޮތާ ޚިލާފަށް އެމަނިކުފާނު ބޭނުންވަނީ ޤައުމު އިސްކުރަން ކަމަށާއި، އެހެންކަމުން ހަމަސް ދުވަހުގެ ސުޕަ މެޖޯރިޓީ ދޫކޮށްލަންވެސް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި މިކަމާ ދެކޮޅު ހަދަނީ މީގެ ކުރިން ބާރުތައް މަސްހުނިކޮށްގެން ޤައުމު ހިންގި މީހުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
" މިކަންކަން މިހެން ވިޔަ ނުދޭން ބޭނުންވާ މީހުން މިއަދު އެ އުޅެނީ ރެޔާއި ދުވާލު ނުނިދާ ކައުންސިލް އިންތިޚާބަކާއި ކައުންސިލް އިންތިޚާބެއް ދޫކޮށްލާފައި މިކަމާ ( ރެފަރެންޑަމް ވޯޓް) މިއީ އަޅުގަނޑުމެންގެ ތެރޭގައި އާންމުކޮށް ފެންނަން ހުރި ކަންކަން" ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވަނީ ޤައުމުގެ މުސްތަޤްބަލާއި، ކޮރަޕްޝަން ނައްތާލުމަށާއި، ހަގީގީ ޑިމޮކްރަސީއަކަށްޓަކައި މިކަމަށް "އާނއެކޭ" ބުނުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. އަދި ކޮންމެ ޕާޓީއެއްގައި ހުރި ނަމަވެސް، މާތްﷲ ދެއްވި ބުއްދީގެ ބޭނުންކޮށްގެން އަމިއްލަ ސިކުނޑިން މިކަމާ މެދު ވިސްނުމަކީ ދީނީ ގޮތުންވެސް ވާޖިބެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު