ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ އަދި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާ ދެ މީހަކު އަލުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ދޫޑިގަން، ކަރަންކާވިލާ، އަޙުމަދު ނިއުޝާދު (35އ) އާއި ޏ. ފުވައްމުލައް، ދޫޑިގަން، ޒަމާނީގެ، ޙަސަން ޢާޒިމް (30އ) އެވެ.
މި ދެ މީހުންނަކީ ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ޑިސެމްބަރު 9، 2022 ގައި އެންމެ ފުރަތަމަ ހައްޔަރުކުރި ދެ މީހުންނެވެ. އޭރު ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން މި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރި ނަމަވެސް، ހައިކޯޓުން ވަނީ ޖަނަވަރީ 9، 2023 ގައި އެ މީހުން މިނިވަންކޮށްފައެވެ. ހައިކޯޓުން އެ ނިންމުން ނިންމީ، އެކަށީގެންވާ މިންވަރަށް ހެކި ހުރި ކަމަށް ބަޔާންކޮށް ޝަރީއަތް ނިމެންދެން ބަންދުކުރުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ބުނެއެވެ.
އެ ދެ މީހުންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ މާރިޗު 18، 2023 ގައެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި ފަހަރު މި ދެ މީހުން ހައްޔަރުކުރީ ކޯޓުގައި ހިނގަމުންދާ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ނިއުޝާދުގެ ބޭންކު އެކައުންޓުން 21 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވެއެވެ. އަދި ފާއިތުވި ދެ އަހަރުގެ ތެރޭގައި ޢާޒިމްގެ އެކައުންޓުން 7 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު