ރިޔާސީ ދެވަނަ ދައުރެއް ޕީއެންސީން ކާމިޔާބުކުރާނެ ކަމަށާއި، ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ކުޅި ދައްކާލަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ހއ. ހޯރަފުށީގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ޕީއެންސީގެ ކެންޑިޑޭޓަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށާއި، އެމަނިކުފާނަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް އެ ޕާޓީގެ މެންބަރުން ސާބިތުކަމާއެކު މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.
މިއީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވެރިކަން ކުރާ ޕާޓީއަކުން ދެވަނަ ދައުރެއް ކާމިޔާބުކުރާ ފަހަރަށް ވާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވިއެވެ.
މިނިސްޓަރު ސައީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް މުއިއްޒަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގެ ތަޖުރިބާހުރި ބޭފުޅެއް ކަމަށާއި، މިހާރުގެ ސަރުކާރުން ތަރައްގީގެ ކަންކަން ކުރިއަށް ގެންދަނީ ކުރިއަށްވުރެ މާ ބާރު ދުވެއްޔެއްގައެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމުގެ އިގްތިސާދީ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ނަމަވެސް، އެންމެ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ރިޒާވް 1.3 ބިލިއަން ޑޮލަރަށް އިތުރުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރީގެ އެމްޑީޕީ ސަރުކާރުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) ހުސްކޮށްލާފައި އޮތް ނަމަވެސް، މިހާރު އަލުން އެ ފަންޑުގައި 200 މިލިއަން ޑޮލަރު ރައްކާކުރެވިފައިވާ ކަން ސައީދު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވަނީ ހޯރަފުށީގެ ތަރައްގީއަށްޓަކައި ވެސް އެންމެ ރަނގަޅު ގޮތަކީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުން ކަމަށް ވިދާޅުވެ، އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ކޮށްދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު