ރިބާހް ހުސައިން (ލިޔަން ސޮރަ)   27 މާރިޗު 2026 - 18:1
ބަލެންދުރާ ޝާހު
ބަލެންދުރާ ޝާހު
ނޭޕާލުގެ ބޮޑުވަޒީރު ކަމަށް، އިންތިހާބުވެ ވަޑައިގެންނެވި އާރް އެސް ޕީގެ ބަލެންދުރާ ޝާހު، މިއަދު ހުވާ ކުރައްވައިފިއެވެ.

ޝާހު މިމަގާމަށް އިންތިހާބުވެވަޑައިގަތީ، އިންތިހާބުުގަ ކުރީގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ، ފަރަގު ބޮޑުކޮަށް ބަލިކޮށްފައެވެ.



ޝާހުވަނީ ކުރިން ކަތުމަންޑޫގެ މޭޔަރުކަންވެސް ކޮށްފައެވެ. ޝާހު މަޝްހޫރުވެފައިވަނީ އޭނާ ކޮރަޕްޝަނާ ދެކޮޅަށް ކުރައްވާ މަސައްކަތްތަކުންނެވެ. އޭނާގެ ޓާގެޓަކީ ކޮރަޕްޝަން ނެތް، އިގްތިސާދީގޮތުން ވަރުގަދަ، ވަޒީފާގެ ފުރުސަތު ގިނަ ގައުމަކަށް ނޭޕާލު ހެދުމެވެ.

އުމުރުން 35 އަހަރުގަ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމާއެކު ޝާހު ވެގެން ދިޔައީ ނޭޕާލުގެ އެންމެ ޒުވާން ޕްރައިމް މިނިސްޓަރަށެވެ. އަދި ނޭޕާލުގެ ވަރުގަދަ ސިޔާސީ ޕާޓީތަކާއި ދެކޮޅަށް ގިނަ ގޮނޑިތަކެއް ކާމިޔާބުކުރި އާރް އެސް ޕީގެ ކާމިޔާބީއަކީވެސް ނޭޕާލުގެ ސިޔާސީ ތާރީހުގައި ފާހަގަކޮށްލެވޭ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު