ރިބާހް ހުސައިން (ލިޔަން ސޮރަ)   27 މާރިޗު 2026 - 15:51
ޑޮނާލްޑް ޓްރަމްޕް
ޑޮނާލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނާލްޑު ޓްރަމްޕު، އޭނާގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ނޭޓޯ ގައުމުތަކުން ކަން ކުރި ގޮތާއިމެދު އަނެއްކާވެސް ނުރުހުން ފާޅުކޮށްފިއެވެ. މީގެ ކުރިން، ހޮރުމޫޒު ކަނޑުއޮޅި ހުޅުވުމަށް ޓުރަމްޕު ވަނީ ނޭޓޯގެ ގައުމުތަކުން އެހީއަށް އެދިފައެވެ. އެހެން ނަމަވެސް އެ ގައުމުތަކުން ދިނީ ބީރު ކަންފަތެކެވެ.

މިއީ ޓްރަމްޕު އެކަމާމެދު ނުރުހުން ފާޅު ކުރި ދެވަނަ ފަހަރެވެ. އޭނާ ވިދާޅުވީ، އީރާނާއި ދެކޮޅަށް މި ކިރާ ހަނގުރާމައިގާ ނޭޓޯގެ ގައުމުތަކުން އެއްވެސް ކަމެއް ކޮށްދީފައިނުވާކަމަށެވެ. އަދި ކުރީގެ ޕޯސްޓުގައި ވާހެން، ތަކުރާރުކޮށް، އެމެރިކާއަށް ނޭޓޯގެ އެހީ ބޭނުން ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއާއެކު ޓްރަމްޕު ވަނީ ނޭޓޯގެ ގައުމުތަކަށް މި ކަންތައް ހަނދާނުން ނައްތާނުލުމަަށް އަންގާ އިންޒާރުވެސް ދެއްވާފައެވެ.



ނޭޓޯގެ ގައުމުތަކުގެ އިތުރުން ގިނަ ގައުމުތަކެއްގެ އެހީއަށް އެމެރިކާއިން އެދުނެވެ. ގިނަ ގައުމުތަކުން ހަނގުރާމައިގެ ތެރެއަށް ވަންނަން ބޭނުން ނުވާ ކަމަށް ބުނެ ވަނީ އިންކާރުކޮށްފައެވެ. މެދުއިރުމަތީގެ ހަމަނުޖެހުން ސުލްހަވެރިކަމާއެކު ނިންމާލުމަށް މިހާރު އީރާނާއި އެމެރިކާއާއި ދެމެދު މަޝްވަރާ ކުރެވެމުން ދާކަމަށްވެސް އެމެރިކާއިން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު