ސަރުކާރުގެ ދައުލަތުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) އިން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.
ގިނަ ބަޔަކު ޚިދުމަތް ހޯދަމުންދާ އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުން ކަރަންޓު ކެނޑުނީ މިއަދު ހެނދުނު 10:30 އެހާކަންހާއިރުއެވެ. މީގެ ސަބަބުން، ކުއްލި ފަރުވާގެ ޚިދުމަތްތައް ފިޔަވައި، އެ ހޮސްޕިޓަލުން ދެމުންދާ އެހެނިހެން ހުރިހާ ޚިދުމަތްތަކެއް މިވަގުތު ވަނީ މެދުކެނޑިފައެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމާ ގުޅިގެން، މިވަގުތު ކަރަންޓު ފޯރުކޮށްދެމުންދަނީ ހަމައެކަނި އެ ހޮސްޕިޓަލުގެ އިމަޖެންސީ ބަޔަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ހޮސްޕިޓަލުގެ ބައެއް ސަރަހައްދުތަކަށް މިހާރު ކަރަންޓު ދެމުންދަނީ އެތަނުގައި ހުރި އިމަޖެންސީ ޖަނަރޭޓަރު ބޭނުންކޮށްގެންނެވެ.
މި މައްސަލައާ ގުޅޭގޮތުން އައިޖީއެމްއެޗްގެ ރަސްމީ ބަހެއް ހޯދުމަށް އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަށް ތަކުރާރުކޮށް ރަސްއޮންލައިން އިން ގުޅުމުންވެސް، ފޯނަށް ޖަވާބު ނުދެއްވާތީ ހޮސްޕިޓަލުގެ ފަރާތުން އަދި ވަނީ މަޢުލޫމާތު ލިބޭގޮތް ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު