މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ތެރެއިން ގަލްފު ޤައުމުތަކުގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުން ބަލައި ނުގަނެވޭނެ ކަމަށާއި، މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އިތުރަށް ބާރު އެޅުމަށް ދިވެހިރާއްޖޭން ގޮވާލައިފިއެވެ.
ރާއްޖޭން މިކަމަށް ގޮވާލީ އީރާނުން ގަލްފުގެ ގައުމުތަކަށް ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން، އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުގެ 61 ވަނަ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ކުއްލި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުން، ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވިދާޅުވީ، ސައުދީ އަރަބިއްޔާ، ގަތަރު، އުރުދުން، އޮމާން، ކުވައިތު އަދި ޔޫއޭއީގެ އާންމުންނާ ގުޅުން ހުރި އުމްރާނީ ވަސީލަތްތަކަށް ދިން ހަމަލާތައް ރާއްޖޭން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މީގެ އިތުރުން، މި ހަނގުރާމައިގެ ސަބަބުން ތެލާއި ކާބޯތަކެތި އުފުލާ ވިއުގަތަކަށާއި، ކަނޑާއި ވައިގެ ދަތުރުފަތުރަށް އިންތިހާ އަށް ބުރޫއަރަމުންދާތީ އެކަމުގެ ކަންބޮޑުވުން ރާއްޖޭން ފާޅުކުރިއެވެ. އެހެންކަމުން، އދ. ގެ ޗާޓަރުގައި ބުނާ ގޮތުގެ މަތިން ބާރުގެ ބޭނުން ނުކޮށް ސުލްހަވެރިކަމާއެކު މައްސަލަތައް ހައްލުކުރުމަށް އިސްކަންދިނުމަށާއި، އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރާ އެއްގޮތަށް މެދުއިރުމަތީގެ މަސްރަހު ފިނިކޮށް، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ރާއްޖޭން ވަނީ ގޮވާލާފައެވެ.
ހާރިޖީ ގުޅުންތަކާއި މަޝްވަރާގެ ތެރެއިން މި ކަމަށް ސުލްހަވެރި ހައްލެއް ގެނައުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަލުވިކޮށް ފުޅާކުރުމަށް ވެސް ރާއްޖޭން މިއަދު ބާރުއެޅިއެވެ. މި ބައްދަލުވުމުގައި ހުށަހެޅުނު "ހިއުމަން ރައިޓްސް އިމްޕްލިކޭޝަން އޮފް ދަ އިސްލާމިކް ރިޕަބްލިކް އޮފް އީރާންސް އަންޕްރޮވޯކްޑް އެޓޭކްސް އަގެއިންސްޓް ބަހްރެއިން، ކުވެއިތު، އޯމާން، ގަތަރު، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އެންޑް ޖޯޑަން" ގަރާރު ރާއްޖޭން ވަނީ ކޯ-ސްޕޮންސާ ކޮށްފައެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން، ރައްދުގައި އީރާނުން ހަމަލާދޭން ފެށީ އިޒްރޭލާއި މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ. ނަމަވެސް، އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް އިޒްރޭލުން ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ގަލްފުގެ ގައުމުތަކުގެ ތެލާއި ގޭސް އުފައްދާ ބައެއް ކާރުހާނާތަކަށް ވެސް ހަމަލާދީފައެވެ.

ކިޔުންތެރިންގެ ހިޔާލު