މާލޭގެ ބިސްބުރު އިންވެގެން އޮންނަ ގުލްހަޒާރު މަގާއި އިސްކަންދަރު މަގާ އިންވެގެން އޮންނަ "އަމްބުރެއްލާ ގޯޅި" ގެ ހިތްގައިމު ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަން ހުއާ ތައުރީފު ކުރައްވައިފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަފީރު ވިދާޅުވީ، މާލޭގެ މަގުތަކުގައި ހިނގާލުމުގެ ތެރޭގައި ކުލަގަދަ ކުޑަތަކުން ފުރިފައިވާ ގޯޅިއެއް ފެނިވަޑައިގަތުމުން، އެއީ މުޅި ސިޓީއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ މަންޒަރެއް ކަމަށް ފާހަގަކުރެވުނު ކަމަށެވެ.
މާލޭގެ މި ހިތްގައިމު މަންޒަރާ ޗައިނާގެ ސަގާފަތާ އަޅާކިޔުއްވަމުން ސަފީރު ފާހަގަކުރެއްވި ގޮތުގައި، ޗައިނާގެ ދެކުނުގެ ގަދީމީ ރަށްތަކުގައި ވެސް ފުރާޅުތަކުގައި ތެޔޮ-ކަރުދާހުން ހަދާފައިވާ ކުޑަތައް ހަރުކުރުމުގެ އާދައެއް އޮވެއެވެ.
ޗައިނާގެ ސަގާފަތުގައި މިފަދަ ކުޑަތަކަކީ އާއިލީ ބައްދަލުވުންތަކާއި، ނަސީބުވެރިކަމުގެ ރަމްޒެކެވެ. މިގޮތުން ދެ ގައުމުގެ ދެމެދުގައި އޮތް މިފަދަ ރީތި ގުޅުންތަކުން ދޭހަވަނީ ދެ ސަގާފަތުގެ މެދުގައި ހުރި އެއްގޮތްކަން ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ސަފީރުގެ ޕޯސްޓް ނިންމާލައްވަމުން، މި އަންނަ ބަހާރު މޫސުމުގައި ޗައިނާއަށް ޒިޔާރަތްކުރުމަށް ދިވެހިންނަށް ދައުވަތު އެރުވިއެވެ. ސަފީރު ވިދާޅުވީ، ޗައިނާއަށް ގޮސް އެ ގައުމުގެ ރީތި މަންޒަރުތައް ބަލާލުމުން، ދެ ގައުމުގެ ސަގާފަތް ގުޅުވައިދޭ މިފަދަ ރީތި ކަންކަން އިތުރަށް ތަޖުރިބާކުރެވޭނެ ކަމަށެވެ. މިއީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން ބަދަހިކުރުމަށް ބާރުއެޅުއްވުމުގެ ގޮތުން ސަފީރު ދެއްވި މެސެޖެކެވެ.

Good morning, Maldives!
— Ambassador Kong Xianhua (@China_Amb_Mdv) March 23, 2026
While walking through the streets of Malé, I came across an alley filled with colorful umbrellas, adding a bright touch to the city.
In southern China, some ancient towns also hang oil-paper umbrellas on rooftops, symbolizing reunion and good luck.
This… pic.twitter.com/6nAI3OEceO
ޗައިނާގެ ސަގާފަތުގައި މިފަދަ ކުޑަތަކަކީ އާއިލީ ބައްދަލުވުންތަކާއި، ނަސީބުވެރިކަމުގެ ރަމްޒެކެވެ. މިގޮތުން ދެ ގައުމުގެ ދެމެދުގައި އޮތް މިފަދަ ރީތި ގުޅުންތަކުން ދޭހަވަނީ ދެ ސަގާފަތުގެ މެދުގައި ހުރި އެއްގޮތްކަން ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ސަފީރުގެ ޕޯސްޓް ނިންމާލައްވަމުން، މި އަންނަ ބަހާރު މޫސުމުގައި ޗައިނާއަށް ޒިޔާރަތްކުރުމަށް ދިވެހިންނަށް ދައުވަތު އެރުވިއެވެ. ސަފީރު ވިދާޅުވީ، ޗައިނާއަށް ގޮސް އެ ގައުމުގެ ރީތި މަންޒަރުތައް ބަލާލުމުން، ދެ ގައުމުގެ ސަގާފަތް ގުޅުވައިދޭ މިފަދަ ރީތި ކަންކަން އިތުރަށް ތަޖުރިބާކުރެވޭނެ ކަމަށެވެ. މިއީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން ބަދަހިކުރުމަށް ބާރުއެޅުއްވުމުގެ ގޮތުން ސަފީރު ދެއްވި މެސެޖެކެވެ.
ކިޔުންތެރިންގެ ހިޔާލު