ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކުރާ އެއް ޤައުމު ކަމަށްވާ ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ބަންދުކޮށްފައި އޮތް ނަމަވެސް، ރާއްޖެ އަށް ބޭނުންވާ ހުރިހާ ބާވަތެއްގެ މުދާ ފަސޭހަކަމާ އެކު ޗައިނާ އިން ގެނެވޭނެ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ ކާބޯތަކެތި ގެނައުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށެވެ. ޚާއްޞަކޮށް ޗައިނާ އިން ކާބޯތަކެއްޗާއި އެކި ވައްތަރުގެ މުދާ ފަސޭހަކަމާއެކު ލިބެން ހުރިކަން ފާހަގަކުރައްވަމުން، އެ ޤައުމުން ބޭނުން ކޮންމެ ވަގުތެއްގައި މުދާ ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހަމައެއާއެކު މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކާއި ހަނގުރާމައިގެ މި ދަނޑިވަޅުގައި، ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކުންވެސް އައު ބާޒާރުތައް ހޯދަމުންދާ ކަމަށެވެ. އެގޮތުން އިންޑޮނޭޝިއާ، މެލޭޝިއާ އަދި އޮމާން ފަދަ ޤައުމުތަކުން ކުރިން ނުގެންނަ މިންވަރަށް މިހާރު މުދާ އެތެރެކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ތައިލެންޑް، ކެމްބޯޑިއާ އަދި މެލޭޝިއާ ފަދަ ޤައުމުތަކާއެކު އޮތް ގުޅުން ވަރުގަދަކޮށް، މުދާ ގެނެވޭނެ އިތުރު މަގުތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖެ އަށް ބޭނުންވާ އެންމެ މުހިއްމު އަސާސީ ތިން ބާވަތުގެ އިތުރުން، އިތުރު 23 ބާވަތެއްގެ މުދާ މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ކާބޯތަކެތީގެ ރައްކާތެރިކަން (ފުޑް ސެކިއުރިޓީ) ކަށަވަރުކުރުމަށްޓަކައި ޤައުމީ ފެންވަރުގައި ތަކެތި ރައްކާކުރެވޭނެ ނިޒާމު ނުވަތަ "ނޭޝަނަލް ސްޓޯރޭޖް ކެޕޭސިޓީ" އިތުރުކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާކަންވެސް ހާމަކުރައްވާފައެވެ. މި މަޝްރޫޢުގެ ސަބަބުން ބޭރުގެ ބާޒާރުތަކަށް ދިމާވާ ގޮންޖެހުންތަކުން ރާއްޖޭގެ އިޤްތިޞާދާއި ރައްޔިތުންނަށް ކުރާ އަސަރު ކުޑަކުރެވޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު