އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭގޮތުން "ޔޫއެން ވޮޗް" ގެ ފަރާތުން ބޮޑެތި ތުހުމަތުތަކެއްކޮށް، ސަރުކާރުން ހަގީގަތް އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ބުނެ ވަރުގަދަ ބަޔާނެއް އިއްވައިފިއެވެ.
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެންބަރު ހިލޭލް ނިއުޔާ އިއްވެވި މި ބަޔާނުގައި، ރާއްޖޭގެ މީޑިއާތަކަށް އޮތް ހުރަސްތަކާއި އިންތިޚާބުތަކުގެ އިންސާފުވެރިކަމާ މެދު ހުރި ކަންބޮޑުވުންތައް ވަނީ ފާހަގަކުރައްވާފައެވެ.
ހިލޭލް ނިއުޔާ ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމަށްޓަކައި ހަރުކަށި ގާނޫނުތަކާއި ފުރައްސާރަ ކުރުންތައް ދިވެހި ސަރުކާރުން ބޭނުންކުރަމުންދާ ކަމަށެވެ.
ވަކިން ޚާއްސަކޮށް، ސަރުކާރުގެ ތާއީދާއެކު އަލަށް އުފައްދާފައިވާ މީޑިއާ ކޮމިޝަނަށް، މީޑިއާ އައުޓްލެޓްތަކަށް އަދަބުދީ، އެ ތަންތަން ބަންދުކުރުމުގެ ބާރު ދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.
މީގެ އިތުރުން، ރާއްޖޭގެ އިންތިޚާބީ ނިޒާމުގެ ތެރޭގައި ވޯޓު ގަތުމުގެ ތުހުމަތުތަކާއި، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ފަދަ ސީރިއަސް މައްސަލަތައް ހުރި ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.
މިފަދަ ކަންކަމުގެ ސަބަބުން އިންތިޚާބުތަކުގެ ސައްހަކަމާއި އިންސާފުވެރިކަމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމަށް ނިއުޔާ ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ދީނީ މިނިވަންކަން ނެތުމާއި، އަންހެނުންނަށް ކުރާ ތަފާތުކުރުންތަކުގެ އިތުރުން އަންހެން ކުދިންގެ "ޖިންސީ ގުނަވަން ބުރިކުރުން" ފަދަ އަމަލުތައް ހުއްޓުވަން ސަރުކާރުން ވަނީ އިހުމާލުވެފައެވެ.
ބަޔާން ނިންމަވާލައްވަމުން ނިއުޔާ ވިދާޅުވީ، ރާއްޖޭގެ ހާލަތު ރަނގަޅު ކަމަށް ބުނެ ޗައިނާ، ރަޝިޔާ އަދި މިސްރު ފަދަ ގައުމުތަކުން ކުރާ ތަޢުރީފަކީ ހަގީގަތް ފޮރުވުމަށް ކުރާ "ވައިޓްވޮޝް" އެއް ކަމަށެވެ.
އަދި އިންސާނީ ހައްގުތަކުން މަހުރޫމްވެފައިވާ ފަރާތްތަކުން މި ބިލް ބަލައިގަތުމާ ދެކޮޅު ހަދާ ކަމަށާއި، މިފަދަ އިހުމާލުތަކާއި އިންސާނީ ހައްގުތަކަށް އަރައިގަތުންތައް ފޮރުވައިގެން ބިލް ފާސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު