ރާއްޖެއަށް ބޭނުންވާ ކްރިޓިކަލް ބޭހާއި ކޮންސިއުމަބަލްސް އެތެރެކުރުމުގެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުން، ކަމާ ގުޅުންހުރި ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ އެކު މިނިސްޓްރީ އޮފް ހެލްތުން މިއަދު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި، މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމް އާއި އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ދައުލަތުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ، އާސަންދަ، އެންސްޕާ (އެންއެސްޕީއޭ) އަދި ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ޚާއްސަކޮށް އުފައްދާފައިވާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ އިސް ފަރާތްތަކުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ނުތަނަވަސްކަމާއި ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖޭގެ ޞިއްޙީ ދާއިރާއިން ދެމުންދާ ޚިދުމަތްތައް އެއްވެސް މެދުކެނޑުމެއްނެތި ރައްޔިތުންނަށް ލިބޭނެ އިންތިޒާމްތައް އިތުރަށް ހަރުދަނާކުރުމެވެ. މިގޮތުން، ކްރިޓިކަލް ބޭހާއި ކޮންސިއުމަބަލްސް އެތެރެކުރުމުގެ މަރުހަލާތައް ސްޓްރީމްލައިންކޮށް، އެ ތަކެތި ލިބުން އަވަސްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ އެހެނިހެން ޞިއްޙީ ސާމާނު އެއްވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ވެސް މި ބައްދަލުވުމުގައި ވަނީ އަލިއަޅުއްވާލާފައެވެ.
ސަރުކާރުން ބުނީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވެދާނެ ތަކުލީފުތައް ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ. އެގޮތުން، ޞިއްޙީ ޚިދުމަތްތަކަށް އެއްވެސް ބުރުލެއް ނާރައި ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ވަރުގަދަ އަޒުމަކާއެކު ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު