ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައިގައި ހިމެނޭ 8 މީހެއްގެ މައްޗަށް ދައުވާ ކޮށްފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވަނީ 8 ފެބްރުވަރީ އަދި 26 ފެބްރުވަރީ 2026 ގައި ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ 27 އޮކްޓޫބަރު 2025 ދުވަހުގެ ފަތިހު 4:15 އެހައިކަށްހައިއިރު، ވީއައިއޭގެ އައު ޓަރމިނަލްގެ ގޭޓް 1 ގެ ކުރިމަތީގައެވެ.
ބީއެމްއެލްގެ ދެ މުވައްޒަފަކު ފައިސާ އަޅާފައިވާ ސޫޓްކޭސްއެއް ހިފައިގެން ތިއްބާ، ވަޅިން ބިރުދައްކައި ފޭރިގަތް މި ސޫޓްކޭސްގައި ތަފާތު އެކި ގައުމުތަކުގެ ގިނަ އަދަދެއްގެ ފައިސާ ހުއްޓެވެ. އޭގެ ތެރޭގައި 106،120 ޔޫއެސް ޑޮލަރާއި، 4،900 ޔޫރޯއާއި، 334،000 ޖަޕަނީސް ޔެންގެ އިތުރުން 1،735 ޕައުންޑާއި، 2،610 ސިންގަޕޯރ ޑޮލަރާއި، 1،345 އޮސްޓްރޭލިއަން ޑޮލަރާއި، 510 ސްވިސް ފްރޭންކާއި، 1،515 ކެނޭޑިއަން ޑޮލަރާއި، 10،420 ހޮންގކޮންގް ޑޮލަރާއި، 23،778 ދިވެހި ރުފިޔާއާއި، 25،000 އިންޑިއަން ރުޕީސްއާއި، /600 ޗައިނީސް ޔުއާން ހިމެނެއެވެ.
މި މައްސަލައިގައި ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ 6 މީހެއްގެ މައްޗަށް ވަނީ ކޮށްފައެވެ. އެއީ ހުސައިން ޝަހުދު (ކ. ގުރައިދޫ، އަޅިވިލާގެ)، މާޒިން މޫސާ (ލ. މާވައް، ރޭޝަމް)، އަހްމަދު ރައިހާން ނައީމް (މ. ކޯރަސް)، އިބްރާހީމް އަނޫފް (ކ. ގުރައިދޫ، އަޅިވިލާގެ)، އިސްމާއިލް ސިރްހާން (ރ. މަޑުއްވަރި، މީޒާން)، އަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު (ގއ. ވިލިނގިލި، ބިނާ) އެވެ.
މީގެ އިތުރުން ތ. ވިލުފުށި، އެހީވާގެ، އަހްމަދު މާހިދުގެ މައްޗަށް ވަނީ ފޭރުމުގެ ކުށުގެ ދައުވާއާއި، ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ދައުވާއާއި، މަޤްބޫލު ސަބަބެއްނެތި އާންމު ތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.
މި މައްސަލައިގައި ދެން ދައުވާލިބޭ ސ. ހިތަދޫ، ވަށަގުލިމާގެ، އަލީ އަފްޒަލްގެ މައްޗަށް އުފުލާފައިވަނީ ފޭރުމުގެ ކުށުގެ ދައުވާއާއި ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ، މި އަމަލުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ގެއްލުމުގެ ބަދަލު، ދައުވާލިބޭ މީހުންގެ އަތުން ނަގައި ދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު