ސިއްހީ ދާއިރާއަށް އަންނަމުންދާ އިންގިލާބީ ބަދަލުތަކާއެކު، އިންސާނާގެ އަތުގެ ފޮޓޯއެއް ބޭނުންކޮށްގެން ހޯމޯން ބައްޔެއް ކަމަށްވާ "އެކްރޮމެގަލީ" ދެނެގަނެވޭނެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލެއް ޖަޕާނުގެ ކޯބޭ ޔުނިވަރސިޓީގެ ދިރާސާވެރިން އީޖާދުކޮށްފިއެވެ.
އެކްރޮމެގަލީ އަކީ ހަށިގަނޑުގައި ގްރޯތް ހޯމޯން އިންތިހާއަށް އިތުރުވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. އާންމުކޮށް މެދު އުމުރުގެ މީހުންނަށް ކުރިމަތިވާ މި ބަލީގެ ސަބަބުން އަތާއި ފައި ބޮޑުވުމުގެ މައްސަލަ ދިމާވެއެވެ. މި ބައްޔަށް އެކަށީގެންވާ ފަރުވާ ނުދެވިއްޖެނަމަ، ސިއްހީ ބޮޑެތި މައްސަލަތަކާ ކުރިމަތިވެ، އިންސާނާގެ އުމުރުން ގާތްގަނޑަކަށް 10 އަހަރު ކުރުވުމުގެ ނުރައްކާ އޮވެއެވެ. ނަމަވެސް، މި ބައްޔަކީ ވަރަށް ލަހުން ކުރިއަރާ ބައްޔަކަށްވުމާއި، ބަލީގެ އަލާމާތްތައް ފާހަގަކުރަން އުނދަގޫވުމުގެ ސަބަބުން، ބަލި ހުރިކަން ޔަގީންކުރަން ގިނަ ފަހަރަށް 10 ވަރަކަށް އަހަރު ހޭދަވެއެވެ.
ކޯބޭ ޔުނިވަރސިޓީގެ އެންޑޯކްރިނޮލޮޖިސްޓެއް ކަމަށްވާ ފުކުއޯކާ ހިޑެނޯރީ ވިދާޅުވި ގޮތުގައި، މޫނުގެ ފޮޓޯ ބޭނުންކޮށްގެން ބަލި ދެނެގަތުމަށް މީގެ ކުރިން މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، އަމަލީ ގޮތުން އެކަން ކުރިއަކަށް ނުދެއެވެ. ނަމަވެސް، އަތުގެ ފޮޓޯ ބޭނުންކުރުމަކީ މީހާގެ އަމިއްލަ ސިއްރުތައް (ޕްރައިވެސީ) ހިމާޔަތްކުރުމަށް ލިބޭ ފަސޭހައެކެވެ. މި ދިރާސާގައި ޖަޕާނުގެ 15 މެޑިކަލް ސެންޓަރަކުން 725 މީހުން ބައިވެރިކޮށްފައިވެއެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ އެކްރޮމެގަލީ ބަލި ތަހައްމަލު ކުރަމުންދާ މީހުންނެވެ.
މި އޭއައި މޮޑެލް ތަމްރީނުކުރުމަށްޓަކައި މީހުންގެ އަތުގެ ފުރަގަހާއި، މުށްކަވައިގެން އޮންނަ އިރުގެ 11,000 އަށްވުރެ ގިނަ ފޮޓޯ ބޭނުންކުރެވުނެވެ. މި ދިރާސާގެ ނަތީޖާ ދައްކާގޮތުން، މި ނިޒާމުން ބަލި ދެނެގަތުމުގައި 88 އިންސައްތަ ސައްހަކަން ކަށަވަރުކޮށްދެއެވެ. އަދި ބަލި ނެތް މީހުން ދެނެގަތުމުގައި 93 އިންސައްތަ ސައްހަކަން ދައްކައެވެ. ހައިރާންކުރުވަނިވި ކަމަކީ، ތަޖުރިބާކާރު ޑޮކްޓަރުންނަށްވުރެ ވެސް މާ ފުރިހަމައަށް މި އޭއައި ނިޒާމުން ބަލި ދެނެގަނެފައިވާ ކަމެވެ.
ދުނިޔޭގެ ނިސްބަތުން ކޮންމެ 100,000 މީހަކުން 8 އާއި 24 އާ ދެމެދުގެ އަދަދަކަށް މީހުންނަށް މި ބަލި ޖެހެއެވެ. އަތާއި ފައި ދުޅަވުމުގެ އިތުރުން، ބޮލުގައި ރިއްސުމާއި މޫނުމަތީގެ ސިފައަށް މަޑުމަޑުން ބަދަލު އައުމަކީ މި ބަލީގެ އާންމު އަލާމާތްތަކެވެ. މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޔޫކާ އޮމާޗީ ވިދާޅުވީ، ހަމައެކަނި އަތުގެ ފޮޓޯއަކުން މިހާ ސައްހަ ނަތީޖާއެއް ލިބުމުން އޭނާވެސް ހައިރާންވި ކަމަށެވެ.
ނަމަވެސް، ދިރާސާވެރިން ފާހަގަކުރާ ގޮތުގައި މި އޭއައި ނިޒާމަކީ ޑޮކްޓަރުންގެ ބަދަލުގައި ބޭނުންކުރާނެ އެއްޗެއް ނޫނެވެ. ބަލި މީހާގެ އަޑަށް އަންނަ ބަދަލާއި، މޫނުގެ ކުލަވަރާއި، މެޑިކަލް ހިސްޓްރީ ބަލައި ބަލި ޔަގީންކުރުމުގައި ޑޮކްޓަރުންގެ ދައުރު އަދިވެސް މުހިންމެވެ.
މި ޓެކްނޮލޮޖީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އަތުން ފެންނަން ހުންނަ އެހެން ބަލިތައް ކަމަށްވާ ރޫމަޓޮއިޑް އާތުރައިޓިސް އާއި އެނީމިއާ ފަދަ ބަލިތައް ދެނެގަތުމަށްވެސް މަގުފަހިވެގެންދާނެ ކަމަށް ދިރާސާވެރިން އުންމީދު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު