އެމެރިކާ އާއި އިޒްރޭލު އަދި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން، ޕާކިސްތާނުގެ އިގްތިސާދު ހަމަޔަކަށް އެޅުވުމަށްޓަކައި ވަރުގަދަ އިގްތިސާދީ ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާކަން އެ ގައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް މިއަދު އިއުލާނުކުރައްވައިފިއެވެ.
ގައުމާ މުހާތަބު ކުރައްވައި ދެއްވި ހިތާބެއްގައި ބޮޑުވަޒީރު ޝަރީފް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 100 ޑޮލަރަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ތެޔޮ އިގްތިސާދު ކުރުމަށާއި އިގްތިސާދީ ފިއްތުންތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން ހާއްސަ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށާއި، މިހާލަތު މިގޮތަށް ކުރިއަށްދާ ނަމަ ތެލުގެ އަގު އަތްނުފޯރާ ފަށަށް ހިނގައިދާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.
ސަރުކާރުން އަލަށް އެޅި ފިޔަވަޅުތަކުގެ ދަށުން، ސަރުކާރުގެ ހުރިހާ އޮފީސްތަކެއް ހަފުތާއަކު ހަތަރު ދުވަހު, ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް މަސައްކަތްކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން، ސްކޫލްތަކާއި ކޮލެޖްތައް ދެ ހަފުތާގެ މުއްދަތަށް ބަންދުކުރުމަށް ނިންމާފައިވާއިރު، މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ވަނީ އަންގާފައެވެ.
ހަރަދު ކުޑަކުރުމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން، ޒަރޫރީ ހިދުމަތްތަކާއި ދަނޑުވެރިކަމާއި ސިނާއީ ދާއިރާ ފިޔަވައި، ސަރުކާރާއި އަމިއްލަ އޮފީސްތަކުގެ 50 އިންސައްތަ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ކުރިއަށް އޮތް ދެ މަސްދުވަހު ސަރުކާރުގެ އުޅަނދުތަކަށް ދޫކުރާ ތެޔޮ 50 އިންސައްތަ މަދުކުރުމަށާއި، ސަރުކާރުގެ ރަސްމީ އުޅަނދުތަކުގެ ތެރެއިން 60 އިންސައްތަ އުޅަނދު ބޭނުންނުކޮށް ބެހެއްޓުމަށް ވެސް ވަނީ ނިންމާފައެވެ.
އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް ސަރުކާރުގެ އިސްވެރިންގެ ފަރާތުން ވެސް ވަނީ ބޮޑެތި ގުރުބާނީތަކެއްވާން ނިންމާފައެވެ. އެގޮތުން ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މުސާރައިން 25 އިންސައްތަ އުނިކުރުމަށާއި، ފެޑްރަލް މިނިސްޓަރުންނާއި މުޝީރުންނަށް ކުރިއަށް އޮތް ދެ މަސްދުވަހުގެ މުސާރަ ނުދިނުމަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ސަރުކާރުގެ ޖުމްލަ ހަރަދުތަކުގެ ތެރެއިން 20 އިންސައްތަ އުނިކުރުމަށް ވެސް ވަނީ ނިންމާފައެވެ.
ބޮޑުވަޒީރު ޝަރީފް އިތުރަށް ވިދާޅުވީ، ސަރުކާރުގެ އިސްވެރިން ގައުމުން ބޭރަށް ކުރައްވާ ރަސްމީ ދަތުރުތައް މިވަގުތަށް މަނާކުރެވިފައިވާ ކަމަށާއި، ތެލުގެ ހަރަދު ކުޑަކުރުމަށްޓަކައި ހުރިހާ ބައްދަލުވުންތަކެއް ވެސް އޮންލައިންކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޕާކިސްތާނަކީ ގަލްފުގެ ގައުމުތަކުން އިމްޕޯޓްކުރާ ހަކަތައަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމަކަށްވާއިރު، މިއީ ގައުމުގެ އިގްތިސާދު ހިމާޔަތްކުރުމަށްޓަކައި ކޮންމެހެން އަޅަންޖެހުނު ދަތި ނިންމުންތަކެއް ކަމަށް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު