ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) އަށް ވޭތުވެދިޔަ އަހަރު އިންސާނީ ހައްގުތަކާ ގުޅުންހުރި 916 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.
އެޗްއާރުސީއެމްގެ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު ހުށަހެޅުނު 916 މައްސަލައިގެ ތެރެއިން 797 މައްސަލައަކީ އާންމު ފަރުދުން ހުށަހަޅާފައިވާ މައްސަލަތަކެވެ. ބާކީ 119 މައްސަލައަކީ ކޮމިޝަނުން އިސްނަގައިގެން ބަލަން ފެށި މައްސަލަތަކެވެ. މީގެ ތެރެއިން 473 މައްސަލައެއް ތަހުގީގު ކުރުމަށް ކޮމިޝަނުން ނިންމާފައިވާއިރު، އެކި ސަބަބުތަކާ ހުރެ 460 މައްސަލައެއް ނުބަލަން ވަނީ ނިންމާފައެވެ.
އެޗް.އާރް.ސީ.އެމް އިން ތަހުގީގުކުރި މައްސަލަތަކަށް ބަލާއިރު، އެންމެ ގިނައީ ޖަލުތަކުގައި ތިބޭ ގައިދީންނާއި ރިމާންޑް ސެންޓަރުތަކުގައި ތިބޭ މީހުންގެ ހައްގުތަކާ ގުޅޭ މައްސަލަތަކެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި ހުރި ދަތިތަކާ ގުޅޭ ޝަކުވާތަކެވެ. މިފަދަ 148 މައްސަލައެއް ކޮމިޝަނުން މިދިޔަ އަހަރު ތަހުގީގުކޮށްފައިވެއެވެ.
މިދިޔަ އަހަރުގެ ތެރޭގައި އެ ކޮމިޝަނުން ޖުމްލަ 632 މައްސަލައެއްގެ ތަހުގީގު ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނުގެ ދަށުން ނިންމި 518 މައްސަލައަކާއި، އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ނިންމި 114 މައްސަލަ ހިމެނެއެވެ.
ހަމައެއާއެކު، މިދިޔަ އަހަރު އެޗްއާރުސީއެމުން ނިންމި ބައެއް މައްސަލަތަކަކީ 2015 ވަނަ އަހަރުން ފެށިގެން ހުށަހެޅިފައިވާ ދުވަސްވީ މައްސަލަތަކެވެ. އޭގެ ތެރޭގައި 2015 އަދި 2016 ވަނަ އަހަރުގެ އެއް މައްސަލަ، 2019 ވަނަ އަހަރުގެ ދެ މައްސަލަ، 2020 ވަނަ އަހަރުގެ ތިން މައްސަލަ، އަދި 2021 ވަނަ އަހަރުގެ 20 މައްސަލަ ހިމެނެއެވެ. މީގެ އިތުރުން 2022 ވަނަ އަހަރުގެ 68 މައްސަލައަކާއި، 2023 ވަނަ އަހަރުގެ 84 މައްސަލައެއްގެ އިތުރުން، 2024 ވަނަ އަހަރު ހުށަހެޅުނު 201 މައްސަލައެއްގެ ތަހުގީގު މިދިޔަ އަހަރު ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު