މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ތެލުގެ ވިޔަފާރިއަށް ދިގުމުއްދަތަކަށް ބުރޫއަރައިފާނެކަމުގެ ބިރު އިންވެސްޓަރުންގެ މެދުގައި ބޮޑުވެ، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު އާދީއްތަ ދުވަހު 100 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެއެވެ.
މިއީ 2022 ވަނަ އަހަރު ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން ތެލުގެ އަގު މިހާ މަތީ މިންވަރަކަށް ދިޔަ ފުރަތަމަ ފަހަރެވެ.
ހަނގުރާމައިގެ ސަބަބުން ތެލާއި ގޭހުގެ އަގުވެސް އަންނަނީ އުފުލެމުންނެވެ. އެގޮތުން ވެސްޓް ޓެކްސަސް އިންޓްމީޑިއޭޓް (ޑަބްލިޔުޓީއައި) ގެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 106 ޑޮލަރަށް އުފުލިފައެވެ. މުރުބާން ކުރޫޑްގެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 103 ޑޮލަރަށް އުފުލިފައިވާއިރު، ބްރެންޓް ކްރޫޑްގެ އަގު ވަނީ ފީފާއެއް 106.79 ޑޮލަރަށް އުފުލިފައެވެ.
ސާފުނުކުރާ ތެލާއި ޕެޓްރޯލްގެ އަގު އިންތިހާއަށް އުފުލިފައި މިވަނީ އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނާ ދެމެދު ފެށުނު މި ހަނގުރާމަ، މެދުއިރުމަތީގެ އެހެން ގައުމުތަކަށް ފެތުރި، ތެލުގެ މުއްސަނދިކަން ލިބިފައިވާ ސަރަހައްދުތަކުގެ ރިފައިނަރީތަކަށް އީރާނުން ދެމުންދާ ހަމަލާތަށް އަމާޒުވުމާ ގުޅިގެންނެވެ.
މީގެ އިތުރުން، ދުނިޔޭގައި ބޭނުންކުރާ ތެލުގެ 20 އިންސައްތަ ދަތުރުކުރާ މަގު ކަމަށްވާ "ސްޓްރެއިޓް އޮފް ހޯމޫޒް" (ހޯމޫޒް ކަނޑުއޮޅި) ހުރަސްކުރާ ކޮންމެ ތެޔޮ ބޯޓަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުވެސް އީރާނުން ވަނީ ދީފައެވެ.
ހަކަތައިގެ ބާޒާރަށް އަންނަ މި ބަދަލުތަކުގެ ސަބަބުން އެމެރިކާގެ އިންފްލޭޝަން ރޭޓް މަތިވެ، އިގްތިސާދަށް ނޭދެވޭ ލޮޅުންތަކެއް އަރާފާނެތީ އިންވެސްޓަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިނުތަނަވަސްކަމާއެކު ހިއްސާގެ ބާޒާރަށް ވެސް ވަނީ އޭގެ އަސަރުކޮށްފައެވެ.
އީރާނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ބާޒާރަށް ތެޔޮ ސަޕްލައިކުރުމަށް ދިގު މުއްދަތަކަށް ހުރަސްތަކެއް ކުރިމަތިވެދާނެތީ އިންވެސްޓަރުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު